
އިނގިރޭސިވިލާތުގައިވެސް ކުޑަކުދިންނަށް ސޯޝަލް މީޑިޔާ މަނާކުރަނީ

ރިޟްވާން މޫސާ - 21 ޖެނުއަރީ 2026 - 06:15
އިނިގިރޭސި ވިލާތުގައިވެސް ކުޑަކުދިންނަށް ސޯޝަލް މީޑިޔާ ބޭނުން ކުރުން މަނާކުރަން ވިސްނާކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.
ދާދި ފަހަކުން ވަނީ އޮސްޓްރޭލިއާގައިވެސް ކުޑަކުދިންނަށް ސޯޝަލް މީޑިޔާ ބޭނުންކުރުން މަނާކޮށް ގިނަ އަދަދެއްގެ ސޯޝަލް މީޑިޔާގެ އެކައުންޓްތައްވެސް ފުހެލާފަ އެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ހާމަކޮށްފައިވަނީ ސޯޝަލް މީޑިޔާގެ ނުރައްކާތަކުން ކުޑަކުދިން ހިމާޔަތްކޮށްދިނުމަށް، ދުނިޔޭގެ އެކި ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކުން ނުކުތް ނަތީޖާތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
އިނގިރޭސި ވިލާތުގެ ސަރުކާރުން ވަނީ ކުޑަކުދިންނަށް ސޯޝަލް މީޑިޔާ ބޭނުންކުރުން މަނާކުރުމަކީ އެންމެ ރަނގަޅު ފިޔަވަޅުތޯ ވެސް ދިރާސާކުރަމުންދާ ކަމަށާއި، އެފަދަ ފިޔަވަޅެއް އަޅައިފިނަމަ، އެކަން އެންމެ ރަނގަޅަށް ތަންފީޒުކުރެވިދާނެ ގޮތްތަކާމެދުވެސް މަޝްވަރާކުރެވެމުންދާ ކަމަށް ބުނެފައެވެ.
އިނގިރޭސިވިލާތުން މި މަޝްވަރާތައް ފަށާފައި މި ވަނީ، އޭއައި ބޭނުންކޮށްގެން އުފައްދާ ކުޑަކުދިންނަށް އެކަށީގެންނުވާ އެކި ޒާތުގެ ކޮންޓެންޓު ވަރަށް ބޮޑަށް އިތުރުވެ ކަންބޮޑުވުން އުފެދިފައި ވަނިކޮށެވެ.
އީލޮން މަސްކްގެ އޭއައި ޗެޓްބޮޓް ގްރޮކް އެކްސް އޭއައި އިން ކުޑަކުދިން ވެސް ހިމެނޭ ގޮތަށް މީހުންގެ ފޮޓޯ ބަރަހަނާކޮށް ހެދޭ މައްސަލަ މި މަހުގެ ތެރޭގައި ވަނީ ވަރަށް ހޫނު މައްސަލައަކަށްވެފަ އެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ، އޭއައި ބޭނުންކޮށްގެން މީހުންގެ ފޮޓޯ ބަރަހަނާކުރެވޭ ގޮތް މަނާކުރަން ނިންމާފައިވާ ކަމަށާއި، އަދި ކުޑަކުދިން ގެންގުޅޭ ޑިވައިސްތަކުން ބަރަހަނާ މަންޒަރުތައް ނުބެލޭނެ ގޮތް ހެދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ
މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އޮސްޓްރޭލިޔާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިޔާ ބޭނުންކުރުން މަނާކުރުމާ ގުޅިގެން، އެ އުމުރުފުރައިގެ ކުދިން ބޭނުން ކުރަމުންދިޔަ ފަސް މިލިޔަނެއްހާ ސޯޝަލް މީޑިޔާ އެކައުންޓު ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ޑީއެކްޓިވޭޓްކޮށްފަ އެވެ.
އޮސްޓްރޭލިޔާގެ އީ-ސޭފްޓީ ކޮމިޝަނަރު ވިދާޅުވީ ޤާނޫނު ތަންފީޒު ކުރަން ފެށި ފަހުން ތަފާތު ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް ހިމެނޭހެން މިހާތަނަށް 4.7 މިލިޔަން އެކައުންޓު ފުހެލާފައިވާ ކަމަށެވެ.
އޮސްޓްރޭލިއާ ސަރުކާރުން ނިންމި މި ނިންމުމާއެކު އޮސްޓްރޭލިޔާގައި އިންސްޓަގްރާމްއާއި ފޭސްބުކްއާއި ޔޫޓިއުބްއާއި ޓިކްޓޮކްއާއި ސްނެޕްޗެޓްއާއި އެކްސް ހިމެނޭ ގޮތަށް ގިނަ މަޤުބޫލު ސޯޝަލް މީޑިޔާ މަންސަތައް ބޭނުން ކުރުން 16 އަހަރުން ދަށުގެ ކުދިންނަށް ވަނީ މަނާވެފައެވެ.
Australia gai 5 Million ahvure gina Social Media Account thah FuhelaifiFacebookXViberTelegramWhatsAppYouTubeViberXInstagramFacebook
ގުޅުން ހުރި ޙަބަރުތައް

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފަރީގެ އެއްބަސްވުމުގައި ސޮއިކޮށްފި
11 ގަޑިއިރު ކުރިން

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިމެނީ: އެމްޓީސީސީ
11 ގަޑިއިރު ކުރިން

ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
11 ގަޑިއިރު ކުރިން

ރެފަރެންޑަމް ވޯޓާއި ގުޅިގެން ސަރުކާރުން އަމަލުކުރަމުންދިޔައީ ގާނޫނާއި އެއްގޮތަށް: އޭޖީ އޮފީސް
13 ގަޑިއިރު ކުރިން


.gif&w=3840&q=75)