logo

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފަރީގެ އެއްބަސްވުމުގައި ސޮއިކޮށްފި

profile

ޝަހްޒާ މުޙައްމަދު - 17 މާރިޗު 2026 - 16:57

އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ މިނިވަން ވިޔަފާރި އެއްބަސްވުން (އެފްޓީއޭ) ގެ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ދެ ގައުމުން ސޮއިކޮށްފި އެވެ.

https://wamco.com.mv/

ޓީއޯއާރްގައި ދެ ގައުމުން ސޮއިކުރިކަން ހާމަކުރީ އިންޑިއާގެ ކޮމާސް މިނިސްޓްރީންނެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އެފްޓީއޭ ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ޓީއޯއާރް އަކީ ވިޔަފާރީގެ އެއްބަސްވުން ކުރިއަށްދާނެ ދާއިރާތަކާއި އުސޫލުތައް ކަނޑައަޅާ މައިގަނޑު އޮނިގަނޑެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އެފްޓީއޭ ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދެ ގައުމުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަގުސަދަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް އިގުތިސާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ގާއިމުކުރުމެވެ. އަދި އެފްޓީއޭއާ އެކު އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވިޔަފާރީގެ މުއާމަލާތްތައް ކުރަން ފަސޭހަވެގެން ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ އެފްޓީއޭ އެއްބަސްވުމެއް އެކުލަވައިލީ ޗައިނާއާ އެކީގަ އެވެ. އެއަށް ޖެނުއަރީ 1، 2025 އިން ފެށިގެން އަންނަނި އަމަލު ކުރަމުންނެވެ.

ސަރުކާރުން ވަނީ ތުރުކީއާ އެކު ވެސް އެފްޓީއެއްގައި ސޮއި ކުރަން ނިންމައިފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk