
ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޝަހްޒާ މުޙައްމަދު - 17 މާރިޗު 2026 - 16:52
ހުޅުމާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭއިން ބުނެފައިވާ ހުޅުމާލެ ލޮޓް - 11395ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދި ހަވީރު 6 ޖަހާކަށްހާއިރުކަމަށެވެ. އަލިފާނުން ލިބުނު ގެއްލުމުގެ ސަބަބުން ގޭގެ އެއް ކޮޓަރި ވަނީ އަނދައިގެން ގޮސްފައެވެ. އަދި ގޭގެ ދެން ހުރިކޮޓަރިއާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރުކޮންމެވެސް ވަރަކަށްކޮށްފައިވެއެވެ. އެންޑީއެމްއޭއިން އެ ގޭގައި ދިރިއުޅެމުން ދިޔަ 7 ފަރާތްތަކަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާ، ކެއިން ބުއިމާ އަދި އަންނައުނު ވަނީ ހަމަޖައްސާދީފައެވެ.
އެންޑީއެމްއޭއިން ބުނީ އެ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޭގައި ދިރިއުޅެމުން ދިޔައީ 7 މީހުން ކަމަށާއި އޭގެތެރޭގައި ކުޑަކުއްޖެއްވެސް ހިމެނޭ ކަމަށެވެ. އެ އާއިލާއަށް ފައިސާގެ އެހީތެރިކަންވެސް ވަނީ ފޯރުކޮށްދީފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފަރީގެ އެއްބަސްވުމުގައި ސޮއިކޮށްފި
3 ގަޑިއިރު ކުރިން

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިމެނީ: އެމްޓީސީސީ
3 ގަޑިއިރު ކުރިން

ރެފަރެންޑަމް ވޯޓާއި ގުޅިގެން ސަރުކާރުން އަމަލުކުރަމުންދިޔައީ ގާނޫނާއި އެއްގޮތަށް: އޭޖީ އޮފީސް
5 ގަޑިއިރު ކުރިން

ސްކޭމް މައްސަލައެއްގައި މީހަކު ހޯދަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)