
އޮސްޓްރޭލިއާގައި 5 މިލިއަނަށްވުރެ ގިނަ ސޯޝަލް މީޑިޔާ އެކައުންޓް ފުހެލައިފި

ރިޟްވާން މޫސާ - 16 ޖެނުއަރީ 2026 - 14:00
އޮސްޓްރޭލިއާގައި 5 މިލިއަނަށްވުރެ ގިނަ ސޯޝަލް މީޑިޔާ އެކައުންޓްތައް ފުހެލައިފި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އޮސްޓްރޭލިޔާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިޔާ ބޭނުންކުރުން މަނާކުރުމާ ގުޅިގެން، އެ އުމުރުފުރައިގެ ކުދިން ބޭނުން ކުރަމުންދިޔަ ފަސް މިލިޔަނެއްހާ ސޯޝަލް މީޑިޔާ އެކައުންޓު ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ޑީއެކްޓިވޭޓްކޮށްފަ އެވެ.
އޮސްޓްރޭލިޔާގެ އީ-ސޭފްޓީ ކޮމިޝަނަރު ވިދާޅުވީ ޤާނޫނު ތަންފީޒު ކުރަން ފެށި ފަހުން ތަފާތު ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް ހިމެނޭހެން މިހާތަނަށް 4.7 މިލިޔަން އެކައުންޓު ފުހެލާފައިވާ ކަމަށެވެ.
އޮސްޓްރޭލިއާ ސަރުކާރުން ނިންމި މި ނިންމުމާއެކު އޮސްޓްރޭލިޔާގައި އިންސްޓަގްރާމްއާއި ފޭސްބުކްއާއި ޔޫޓިއުބްއާއި ޓިކްޓޮކްއާއި ސްނެޕްޗެޓްއާއި އެކްސް ހިމެނޭ ގޮތަށް ގިނަ މަޤުބޫލު ސޯޝަލް މީޑިޔާ މަންސަތައް ބޭނުން ކުރުން 16 އަހަރުން ދަށުގެ ކުދިންނަށް ވަނީ މަނާވެފައެވެ.
ކުޑަކުދިން ބޭނުންކުރާ އެކައުންޓުތައް ނުފޮހެލާ ނަމަ މީސްމީޑިޔާ ކުުންފުނިތަކުން ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރާ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. އެ ގޮތުން ޤާނޫނު އެކުލަވާލާފައި ވަނީ އެ ޤާނޫނު ތަންފީޒު ކުރުމަށް އެދެވޭ ފިޔަވަޅުތައް ނާޅާ ކުންފުނިތައް 33 މިލިޔަން އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށެވެ.
މިހާތަނަށް ފުހެލާފައިވާ އެކައުންޓުގެ ޢަދަދު ކުރިން އަންދާޒާ ކުރި ވަރަށް ވުރެ އިތުރެވެ. ފުހެލާފައިވާ އެކައުންޓުގެ ޢަދަދަކީ އޮސްޓްރޭލިޔާގެ އާބާދީގައި ހިމެނޭ އުމުރުން 10 އަހަރާއި 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ދެ އެކައުންޓާ ގާތްކުރާ ޢަދަދެކެވެ.
ގުޅުން ހުރި ޙަބަރުތައް

އީރާނުގެ ކިބައިން ސަލާމަތްތެރިކަން ހޯދައި ހަނގުރާމަ ހުއްޓުމަށް އީޔޫ އިން ގޮވާލައިފި
12 ގަޑިއިރު ކުރިން

ކުޑަ ކުއްޖެއްގައިގަ ތަޅާ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
12 ގަޑިއިރު ކުރިން

ލަންކާގައި ޙަރަދުކުޑަކުރަން ހަފްތާއަކު 4 ދުވަހު އޮފީސްތައް ހުޅުވާގޮތަށް ނިންމައިފި
ދުވަހެއް ކުރިން

ކަނދުފަތި އެޅުމުގެ ރެކޯޑު މި ސަރުކާރަށް!
ދުވަހެއް ކުރިން


.gif&w=3840&q=75)