logo

އީރާނުގެ ކިބައިން ސަލާމަތްތެރިކަން ހޯދައި ހަނގުރާމަ ހުއްޓުމަށް އީޔޫ އިން ގޮވާލައިފި

profile

ރިޟްވާން މޫސާ - 17 މާރިޗު 2026 - 16:51

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމަ އާއި ގުޅިގެން އީރާނުގެ ކިބައިން ސަލާމަތްތެރިކަން ހޯދައިދިނުމަށް ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫން އެމެރިކާ އާއި އިސްރާއީލަށް ގޮވާލައިފިއެވެ.

https://wamco.com.mv/

އީޔޫގެ ޚާރިޖީ ވަޒީރު ކާޖާ ކެލަސް ރޮއިޓަރސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މެދުއިރުމަތީގެ ޤައުމުތަކުގެ ސަރުކާރުތަކާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

އީޔޫގެ މި މަޝްވަރާތަކުގައި ހަނގުރާމަ އާއި ގުޅިގެން އީރާނުން ބަނދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުން އަލުން އެ ސަރަހައްދު ހުޅުވައި ތެލާއި ގޭސް އުފުލާ އުޅަނދުތަކަށް އެފުރުސަތު ހޯދައިދިނުމާޢި ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ.

ބައިނަލް އަގުވާމީ ރިޕޯޓްތައް ބުނާ ގޮތުން އީޔޫއިން މީގެ ކުރިން ކުރިން ހުރުމުޒް ކަނޑު އޮޅި ހުޅުވާލަން ގޮވާލާފައި ނުވަނީވެސް އެމެރިކާގެ އަސްކަރީ މަނަވަތުތައް އެސަރަހައްދަށް ވަދެ ހަމަނުޖެހުމެއް ހިންގަފާނެ ކަމަށް ބެލެވޭތީ ކަމަށްވެ އެވެ.

ނުސީދާ ގޮތެއްގައި މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ވަނީ ހުރުމުޒް ކަނޑު އޮޅި ހުޅުވާލާފިނަމަ އެމެރިކާގެ އަސްކަރީ މަނަވަރުތައް އެސަރަހައްދަށް ވެސް ޖަމާކުރާނެ ފަދަ ގޮތަކަށް ވާހަކަ ދައްކާފަ އެވެ.

އެހެން ކަމުން ހުރްމުޒް ކަނޑުއޮޅި ހުޅުވައިލަން، ނުރައްކަލެއްގެ ތެރެއަށް ވެއްޓެން އީޔޫން ބޭނުންނުވާ ކަމަށް ރޮއިޓާސް ނޫހަށް ދެއްވި އިންޓަރވިއުގައި ކެލަސް ވަނީ ވިދާޅުވެފަ އެވެ.
ކެލަސް ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ ބައެއް ނިންމުންތައް ޤަބޫލުކުރަން ދަތި ކަމަށާއި، ޚާއްޞަކޮށް އީރާނަށް ޙަމަލާދީގެން ޙާޞިލްކުރަން ބޭނުންވާ މަޤްޞަދު އެއްގޮތަކަށްވެސް ސާފެއް ނުވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk