logo

ތެލުގެ އަގު ބޮޑުވާތީ ބޮޑުކަންނެލި މަސްވެރިންގެ ޔުނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

profile

ރިޟްވާން މޫސާ - 16 މާރިޗު 2026 - 17:24

ތެލުގެ އަގު ބޮޑުވަމުންދާތީ މަސްވެރިންގެ ޔުނިއަން އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ

https://wamco.com.mv/

ތެލުގެ އަގަށް ބަދަލުތަކެއް އައި ތެލުގެ އަގު އުފުލެން ފަށާފައި މިވަނީ މެދުއިރުމަތީގައި މިވަގުތު ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން ރާއްޖެ އަށް ތެޔޮ ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށް ބެލެވެ އެވެ.

މެދު އިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރާއްޖެ ހިމެނޭހެން މުޅި ދުނިޔެއަށް ވެސް ތެޔޮ ލިބުމުގެ ދަތިކަން މިވަގުތު ދަނީ ކުރިމަތި ވަމުންނެވެ. މީގެ އިތުރުން މިކަމުގެ އަސަރު ގައުމުތަކުގެ އިގްތިސާދަށްވެސް ކުރަމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ.

މަސްވެރިންގެ ޔުނިއަން އިން މިރޭ އެކްސް ގައި ބުނެފައި ވަނީ ޑީސަލް ލިޓަރެއްގެ އަގު 28 ރުފިޔާ އަށް ބޮޑުކޮށްފައިވާތީ މަސްވެރިންނަށް އެކުރަމުންދާ މަސައްކަތުން އެދެވޭ މަންފާއެއް ނުލިބޭ ކަމަށެވެ. މީގެ އިތުރުން ބޮޑު ކަންނެލި ކިލޯއެއްގެ އަގު 55 ރުފިޔާ އަށް ހުރުމުން މަސްދޯނިފަހަރުތައް ހުއްޓި މަސްވެރި އާއިލާތަކަށް ނިކަމެތިކަމެއް ލިބޭ ކަމަށެވެ.

އެހެން ކަމުން ކަމާއިބެހޭ ފަރާތްތަކުގައި މަޝްވަރާ ކުރެވިގެން އެދެވޭ ގޮތެއްގައި ހުއްޓާނުލައި މަސްވެރިކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުން އެދޭ ކަމަށެވެ.

ތެލުގެ އަގަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިކަމުގައިވިނަމަވެސް ރާއްޖެއަށް ބޭނުންވާ ތެޔޮ މިވަގުތު ލިބެން އެބަހުރިކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.

މިފްކޯއިން ވިއްކާ ޑީސަލްގެ އަގަށް ބަލާއިރު މިފްކޯ އަށް މަސްކިރުވާ ހުރިހައި ފަރާތްތަކަށް ޑިސަލް ލީޓަރެއްގެ އަގު ހުރީ 27.24 ރުފިޔާ އަށެވެ. އަދި އާންމު ފަރާތްތަކަށް ޑިސަލް ލީޓަރެއް ވިއްކަނީ 28.54 ރުފިޔާއަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk