
އިންޑިޔާގެ ކޮޗިން އިންޓަރނޭޝެނަލް އެއާޕޯރޓް ގައި ފުރަން ގޮސްތިބި ބައެއް ފަސިންޖަރުން ނުފުރިފައި
ޓެކްނިކަލް މައްސަލައެއް ދިމާގެން އިންޑިޔާ އިން މިއަދު ހަވީރު ފުރަން އޮތް މޯލްޑިވިއަންގެ ބޯޓެއް ކެންސަލްކޮށްފި

ރިޟްވާން މޫސާ - 16 މާރިޗު 2026 - 17:24
ޓެކްނިކަލް މައްސަލައެއް ދިމާވެގެން އިންޑިޔާގެ ކޮޗިން އިންޓަރނޭޝެނަލް އެއާޕޯޓުން މިއަދު ހަވީރު ފުރަން ހަމަޖެހިފައިވާ މޯލްޑިވިއަންގެ ބޯޓެއް ކެންސަލް ކޮށްފި އެވެ
އިންޑިޔާގެ ކޮޗިން އަކީ ވަރަށް ގިނަ އަދަދަކަށް ދިވެހިން ބޭސްފަރުވާއަށާއި އެހެނިހެން ކަންކަމުގައި ދަތުރު ކުރާ ސަރަހައްދެކެވެ.
"އަސްލު ޓީވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކެންސަލް ކޮށްފައި ވަނީ މޯލްޑިވިއަންގެ Q2707 މަރުކާގެ ބޯޓެކެވެ. މި ބޯޓު ފުރަން ހަމަޖެހިފައި އޮތީ މިއަދު ހަވީރު 16:00 ގަ އެވެ.
މި ބޯޓުން ރާއްޖެ އައުމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ ދިވެހިންވެސް ތިބިކަން ފާހަގަކޮށްލެވެ އެވެ.
"އަސްލު ޓީވީ" އަށް މައުލޫމާތު ދެއްވަމުން އިންޑިޔާގެ ކޮޗިން އިންޓަރނޭޝެނަލް އެއާޕޯޓުގައި މި ބޯޓުން ފުރަން ގޮސް ހުރި ފަސިންޖަރަކު ބުނީ ފުރުން ކެންސަލް ކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން އަންގާފައިވާ ކަމަށެވެ.
އެމީހާ އިތުރަށް ބުނީ ރަމަޟާން މަސް ކަމަށް ވުމުން އެއާޕޯޓުގައި ނުފުރި ތިބި ދިވެހި ފަސިންޖަރުންނަށް މޯލްޑިވިއަނުން ރޯދަ ވީއްލުމާއި، އެކޮމަޑޭޝަންގެ ކަންކަން މިހާރު އިންތިޒާމުކޮށްދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފުލައިޓް ކެންސަލް ވީކަން އެނގިފައި ވަނީވެސް ފުރަން އެއާޕޯޓަށް އައުމުން. މޯލްޑިވިއަނުން ބުނަނީ ޓެކްނިކަލް މައްސަލައެއް ޖެހިގެން ނުފުރުނު ކަމަށް. ދެން މިހާރު ރޯދަވީއްލުމާއި، އެކޮމަޑޭޝަންގެ ކަންކަން ވެސް ކޮށްދީފި. ފުރުން ހަޖަމައްސާފައި އޮތީ މާދަމާރެއަށް." އެއާޕޯޓުގައި ފުރަން ގޮސް ހުރި ފަސިންޖަރަކު ކިޔައިދިނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ނުފުރި ތިބި ފަސިންޖަރުންގެ ފުރުމުގެ ކަންކަން ހަމަޖެހިފައި ވަނީ މާދަމާރޭގެ އޮންނަ ފުލައިޓުންނެވެ.
މި ކަމާއި ގުޅިގެން މިހާތަނަށް އަދި މޯލްޑިވިއަންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ
ގުޅުން ހުރި ޙަބަރުތައް

ލަންކާގައި ޙަރަދުކުޑަކުރަން ހަފްތާއަކު 4 ދުވަހު އޮފީސްތައް ހުޅުވާގޮތަށް ނިންމައިފި
2 ގަޑިއިރު ކުރިން

ކަނދުފަތި އެޅުމުގެ ރެކޯޑު މި ސަރުކާރަށް!
2 ގަޑިއިރު ކުރިން

ތެލުގެ އަގު ބޮޑުވާތީ ބޮޑުކަންނެލި މަސްވެރިންގެ ޔުނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
2 ގަޑިއިރު ކުރިން
އިބްރާހިމްގެ ތާއީދު ވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓަށް!
8 ގަޑިއިރު ކުރިން


.gif&w=3840&q=75)