
ކަނދުފަތި އެޅުމުގެ ރެކޯޑު މި ސަރުކާރަށް!

ރިޟްވާން މޫސާ - 16 މާރިޗު 2026 - 17:51
ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށާއި ވަދު މަސްވެރިކަން ކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން މިހާތަނަށް 90 ކަނދުފަތި މިސަރުކާރުން އަޅާފައިވާ ކަމަށް މަސްވެރިކަމާއިބެހޭ ވުޒާރާއިން ބުނެފި އެވެ
ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ.
ދޮށީގެ ކަނދުފައްޗަކީ ދޮށީގެ ނުވަތަ ކަނޑު މަހުގެ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފައްޗަކީ ފަރު މަސްވެރިކަން އަދި މުނިފޫހި ފިލުވުމަށްޓަކައި ކުރެވޭ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.
ކަޅުބިލަ މަހުގެ މަސްވެރިކަމާއި، ޖުމްލަގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން މި ސަރުކާރުން ވަނީ މިހާތަނަށް 42 ކަނދުފައްޗެއް ގާއިމުކޮށްފަ އެވެ.
މީގެ އިތުރުން ވަދު މަސްވެރިކަމާއި، ލައްޓި ރާނގޮޑި ފަދަ މަސް ބޭނުމާއި، އެސަރަހައްދު ފާހަގަކުރުމަށް ގާއިމުކުރާ ވަދު ކަނދުފަތީގެ ޖުމްލަ 48 ވަދު ކަނދުފައްޗެއް ވަނީ މި ސަރުކާރުން ގާއިމުކޮށްފަ އެވެ.
ކަނދުފައްޗަކީ މަސްވެރިންނަށް ވަރަށް މުހިންމު އެއްޗެކެވެ. ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ އޭގެ އުނދަގޫ މަސްވެރިންނަށް ކުރެއެވެ. އެހެންކަމުން ކަނޑައިގެންދާ ކަނދުފަތިތައް މަރާމާތުކުރުމުގެ މަސައްކަތް ވުޒާރާއިން ދަނީ ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުންނެވެ.
މަސްވެރިކަމާއިބެހޭ ވުޒާރާއިން ބުނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އެޅުމަށް 2 ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް މިވަގުތު ކުރަމުން އަންނަ ކަމަށެވެ. މިވަގުތު ރާއްޖޭގައި ހުރީ ކަނދުފަތިތައް ގާއިމުކުރުމަށް އެންމެ ސެންޓަރެކެވެ. އެ ސެންޓަރު ހުންނަނީ ހުޅުމާލޭގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ލަންކާގައި ޙަރަދުކުޑަކުރަން ހަފްތާއަކު 4 ދުވަހު އޮފީސްތައް ހުޅުވާގޮތަށް ނިންމައިފި
2 ގަޑިއިރު ކުރިން

ތެލުގެ އަގު ބޮޑުވާތީ ބޮޑުކަންނެލި މަސްވެރިންގެ ޔުނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
2 ގަޑިއިރު ކުރިން

ޓެކްނިކަލް މައްސަލައެއް ދިމާގެން އިންޑިޔާ އިން މިއަދު ހަވީރު ފުރަން އޮތް މޯލްޑިވިއަންގެ ބޯޓެއް ކެންސަލްކޮށްފި
2 ގަޑިއިރު ކުރިން
އިބްރާހިމްގެ ތާއީދު ވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓަށް!
8 ގަޑިއިރު ކުރިން


.gif&w=3840&q=75)