logo

އިބްރާހިމްގެ ތާއީދު ވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓަށް!

profile

ރިޟްވާން މޫސާ - 16 މާރިޗު 2026 - 12:13

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިބްރާހިމް އަބޫބަކުރުގެ ތާއީދު އެ ދާއިރާއަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވާ މުޙައްމަދު ޢަރީޝްއަށް އޮތްކަން ހާމަކޮށްފި އެވެ.

https://wamco.com.mv/

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް މިއަދު މެންދުރު ފަހުގައި މާފަންނު ހުޅަނގުގައި ބޭއްވި ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ހުންނަވައި އިބްރާހިމް ވިދާޅުވީ ކޮންގްރެސް ޕާޓީން ގާބިލް ކެންޑިޑޭޓެއް ނެރުމާއެކު އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި ނަމަވެސް އެ ނިންމެވުން މިހާރު ބަދަލު ކުރައްވާފައިވާ ކަމަށެވެ.

އަދި ޕާޓީއަށް ގެއްލުމެއް ލިބޭނެ ފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އިބްރާހިމް އަބޫބަކުރަކީ މިހާރުވެސް އެ ދާއިރާގެ ކައުންސިލަރެވެ.

ކޮންގްރެސް ޕާޓީން ކުރިމަތިލައްވާފައިވާ އަރީޝް އަކީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރެވެ. އޭނާ އަކީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުވެސް މެ އެވެ.

އިބްރާހިމް އަބޫބަކުރުގެ އެ ނިންމެވުން ހާމަކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެއީ ޕާޓީއަށްޓަކައި ނިންމެވި މުހިންމު ނިންމެވުމެއްކަން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ އިބްރާހިމާއި އަރީޝް އަކީ ވެސް އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު އދި މިހާރުވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވަމުން ގެންދެވި ދެ ކައުންސިލަރުން ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk