logo

ނަތަންޔާހޫ އަދި މަރުނުވާކަން ދެއްކުމަށް ވީޑިއޯއެއް އާންމުކޮށްފި!

profile

ރިޟްވާން މޫސާ - 16 މާރިޗު 2026 - 12:12

މެދުއިރުމަތީގެ ހަނގުރާމައިގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަވަހާރަކޮށްލި ކަމަށް ފެތުރުނު ޚަބަރުތަކާއެކު އެ ކަން ދޮގު ކުރުމުގެ ގޮތުން ވީޑިއޯއެއް ކުޅެ، ދުނިޔޭގައި ހުރިކަން ހާމަކޮށްދިނުމަށް އޭނާގެ އެކްޓުކުރުމުގެ ހުނަރުތައް ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފި އެވެ.

https://wamco.com.mv/

ނަތަންޔާހޫ މަރު ނުވާކަމަށްބުނެ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއަށް ވަރަށް ގިނަ ބައެއްގެ ފާޑު ކިއުންތައްވެސް ދަނީ އަމާޒުވަމުންނެވެ.

މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ބަލާފައިވާ މި ވީޑިއޯއާއި ބެހޭގޮތުން އެންމެ ގިނައިން މީހުން ބުނެފައި ވަނީ މި ވީޑިއޯއަކީ އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ވީޑިއޯއެއް ކަމަށެވެ.

އީރާނުގެ ވަރުގަދަ ހަމަލާތަކަކާއެކު ނަތަންޔާހޫ މަރާލާފައިވާ ކަމަށްބުނެ ބައިނަލް އަގުވާމީ އެކިއެކި ނޫސްތަކުން ރިޕޯޓްކޮށްފައިވާއިރު އީރާނުގެ ދައުލަތުގެ މީޑިޔާއިން ވެސް ވަނީ މި ޙަބަރު ރިޕޯޓްކޮްފަ އެވެ.

އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ޤުދުސްގެ ރަށްބޭރުގައި ހުރި ކެފޭއެއްގައި ކުޅެފައިވާ މަންޒަރުތަކުން ފެންނަނީ އެ ތަނަށް ގޮސް ނަތަންޔާހޫ ކޮފީއަކަށް އޯޑަރު ކުރާ މަންޒަރެވެ.

މި ވީޑިއޯގައި ނަތަންޔާހޫ ވަނީ އޭނާ މަރާލާފައިވާ ކަމަށް ބުނެފެތުރިފައިވާ ވާހަކަތަކަށް ރައްދުދީ ވާހަކަވެސް ދައްކާފަ އެވެ.

ނަތަންޔާހޫ މަރު ނުވެ ސަލާމަތުން ހުރިކަމަށް އިސްރާއީލުން ބުނަމުންދާއިރު އީރާނުގެ ރައދްު ހަމަލާތަކާއި ގުޅިގެން އިސްރާއީލަށް ލިބިފައިވާ ގެއްލުންތަކާއި، މަރުވި މީހުންގެ އަދަދުވެސް އިސްރާއީސލުން ވަނީ ސިއްރުކޮށްފަ އެވެ.

އީރާންގެ ބެލިސްޓިކް އަދި ކްރޫޒް މިސައިލްތަކުގެ ކުރިމަތީގައި އެމެރިކާއާއި ޔަހޫދީންގެ އެންމެ ޒަމާނީ ދިފާޢީ ޓެކްނޮލޮޖީ ވެސް ދަނީ ނާކާމިޔާބުވަމުންނެވެ. އީރާންގެ ވަރުގަދަ ޙަމަލާތަކުގައި މިހާތަނަށް މަދުވެގެން 15 ޔަހޫދީން މަރައިލައި، 3,138 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk