
މަގު ހެދުމަށްޓަކައި، ރަސްމީ ފާލަމާއި ހެންވޭރު ފެރީ ޓާމިނަލްއާއި، ދެމެދުގެ ފަޅު ބަންދުކުރަނީ

ރިޟްވާން މޫސާ - 16 މާރިޗު 2026 - 10:32
މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ ތިން ވަނަ ފޭސްގެ މަސައްކަތް ފެށުމަށްޓަކައި ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާރމިނަލް އާއި ދެމެދު ފަޅުގައި އުޅަނދުފަހަރު އާޅާފައި ނުބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތަށް މަގު ބަންދުކުރާނެ ގޮތުގެ ތަފުސީލު އާންމުކޮށްފައެވެ. އެގޮތުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަސައްކަތް ނިމި ހުޅުވެންދެން ބަންދުވާނެއެވެ.
މީގެ އިތުރުން މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދުން ފެށިގެން ފަސްވަނަ ފާލަމާ ހަމައަށް އޮންނަ ސަރަހައްދު މިމަހުގެ 30ވަނަ ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ބަންދުވާނެ ކަމަށާއި، ފަސްވަނަ ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮންނަ ސަރަހައްދު އަންނަ އޭޕްރިލް މަހުގެ 17ވަނަ ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ބަންދުވާނެ ކަމަށް، ކައުންސިލުން އާންމުކުރި މައުލޫމާތުގައިވެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ރަސްމީ ފާލަމުން ފެށިގެން ގޮސް މާލޭގެ ލޯކަލް މާރުކޭޓް ހިމެނޭ ސަރަހައްދަށެވެ. އެ ސަރަހައްދުގައި ވަނީ އަލުން ބަނދަރު ފުންކޮށް ޝީޓު އަޅައި މަގަށް ބޮޑުބައެއް އިތުރުކޮށް ޖާގަ ތަނަވަސްކޮށްފަ އެވެ.
މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ލޯކަލް މާރުކޭޓު ހިމެނޭ ސަރަހައްދުން ފެށިގެން ގޮސް މާލޭ ނޯޓް ހާބަރ އާއި ހިސާބަށެވެ. މި ފިޔަވަހީގައިވެސް ވަނީ ބަނދަރުތެރެ ފުންކޮށް އަލުން ޝީޓު އަޅައި މަގުގައި ދުއްވާނެ ފަރާތްތަކަށް ފަސޭހަ ވާނެހެން މަގު ފުޅާކޮށް ވެހިކަލް ޕާކު ކުރުމާއި، އެސަރަހައްދުގައި ހުންނަ ދޯނިފަހަރު ބޯޓު ފަހަރަށް މުދާ އަރުވާ ބޭލޭނެ ފަދަ ގޮތަކަށް ޖާގަ ތަނަވަސްކޮށްދީފަ އެވެ.
ދެވަނަ ފޭސްގެ މަސައްކަތް މި ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމުމަށްފަހު ވަނީ ހުޚޅުވާފަ އެވެ.
މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުނި އެމްޓީސީސީން ބުނީ މަގުހެ ދުމުގެ ތިންވަނަ ސެގްމެންޓުގެ މަސައްކަތް ކުރިއަށް ގެންދަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ކަމަށާއި، ތިންވަނަ ފިޔަވަހީގެ މަސައްކަތް މި ރަމަޟާން މަހުގެ ތެރޭގައި ފެށުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށެވެ.
ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހެވެ.
މި މަޝްރޫއުގެ ދަށުން ކާނިވާ ކައިރި ހުންނަ ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް 830 މީޓަރުގައި ތާރު އަޅައި، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް
އިބްރާހިމްގެ ތާއީދު ވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓަށް!
2 ގަޑިއިރު ކުރިން

ހަނގުރާމަ ފެށި ފަހުން މިހާތަނަށް 12 ބިލިއަން ޑޮލަރު ޙަރަދުވެއްޖެ: ޓްރަމްޕް
2 ގަޑިއިރު ކުރިން

ނަތަންޔާހޫ އަދި މަރުނުވާކަން ދެއްކުމަށް ވީޑިއޯއެއް އާންމުކޮށްފި!
2 ގަޑިއިރު ކުރިން

ހަނގުރާމަ ހުއްޓާލައި ހަމަޖެހުން ގާއިމުކުރުމަށް ގަތަރާއި ސައުދީން ގޮވާލައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)