logo

ހަނގުރާމަ ހުއްޓާލައި ހަމަޖެހުން ގާއިމުކުރުމަށް ގަތަރާއި ސައުދީން ގޮވާލައިފި

profile

ރިޟްވާން މޫސާ - 16 މާރިޗު 2026 - 10:37

މެދުއިރުމަތީގައި މިހާރު ފެށިފައިވާ ވަރުގަދަ ހަނގުރާމަ ހުއްޓާލައި ހަޖަެހުމާއި ސުލްހަ ގާއިމުކުރުމަށް ސައުދި އަރަބިއްޔާ އާއި، ގަތަރުން ގޮވާލައިފި އެވެ

https://wamco.com.mv/

ހަނގުރާމަ އާއި ގުޅިގެން ކުރިއަށް ގެންދާ ހަމަލާ ބަދަލުކުރުންތައްވެސް މި ދެގައުމުން ވަނީ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފަ އެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި މި ހަނގުރާމަ އަކީ ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަޑީގައި ހުރެ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ އެކެވެ.

ޔަހޫދީންގެ ހަމަލާތަކާ ގުޅިގެން އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ އަލް ޙާމަނާއީ އަވަހާރަ ވުމާއި ގުޅިގެން އީރާނުން ދަނީ ފުލުފުލުން ރައްދު ހަމަލާތައް ދެމުންނެވެ.

އީރާނުގެ އަސްކަރިއްޔާއާއި އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ބުނަމުން ގެންދަނީ ހަނގުރާމަ އަށް އަމާންދިނުމެއް ނެތް ކަމަށެވެ. އަދި އެމެރިކާ އާއި އިސްރާއީލަށް މި ހަނގުރާމަ އާއި ގުޅިގެން ބައިއަތުހިފާ ކޮންމެ ފަރާތަކަށްވެސް ރައްދު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ވެސްދީފައިވެ އެވެ.

ފެބުރުވަރީ 28 އިން ފެށިގެން އެމެރިކާއާއި ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި އީރާނުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 1,444 އަށް އުފުލިފައެވެ. އަދި، އިތުރު 18,551 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

އީރާންގެ ރައްދު ޙަމަލާތަކުގައި ޞަހްޔޫނީ ދައުލަތުން 15 މީހުން މަރުވެފައިވާއިރު، އެމެރިކާގެ ސިފައިންގެ 13 މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން އެމެރިކާގެ މަތިންދާބޯޓެއް ޢިރާޤަށް ވެއްޓި ސިފައިންގެ ހަ މީހުން މަރުވެފައިވާއިރު، ސަޢޫދީ ޢަރަބިއްޔާއިން ވެސް ވަނީ ދެ މީހަކު މަރުވެ 12 މީހަކު ޒަޚަމުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk