
ހަނގުރާމަ ފެށި ފަހުން މިހާތަނަށް 12 ބިލިއަން ޑޮލަރު ޙަރަދުވެއްޖެ: ޓްރަމްޕް

ރިޟްވާން މޫސާ - 16 މާރިޗު 2026 - 12:12
އެމެރިކާ އާއި ޔަހޫދީ އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާ ދިނުމަށް ފަށާފައިވާ ހަނގުރާމައަށް މިހާތަނަށް ގާތްގަނޑަކަށް 12 ވަރަކަށް ބިލިއަން ޑޮލަރު ޙަރަދުވެއްޖެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމަ އަށް އިސްވެ އެމެރިކާ އާއި ޔަހޫދީ އިސްރާއީލުން އީރާނަށް އަމާޒުކޮށް ހަމަލާދޭން ފަށާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް ވެސް ވަނީ ވަރަށްބޮޑެތި ހީނަރުކަމެއް އަންނަމުންނެވެ.
ހަނގުރާމަ ފެށިފަހުން ފުރަތަމަ ހަފްތާގައި އެކަނިވެސް އެމެރިކާއިން ހަމަ އެކަނި ހަތިޔާރަށް ފަސް ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އެގައުމުން ވަނީ ހާމަކޮށްފަ އެވެ.
އެމެރިކާގެ އެތެރޭގައި ތެލުގެ އަގު އުފުލެމުންދާތީ، ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. މީގެ ސަބަބުން ސިޔާސީ ގޮތުން ޓްރަމްޕްގެ ސަރުކާރަށް ދަނީ ބޮޑެތި ފިއްތުންތަކަކާ ކުރިމަތިވަމުންނެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅިއަށް އީރާނުން ދީފާނެ ޙަމަލާއަކާ މެދު ބާޒާރުތައް އޮތީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. މިކަމާ ގުޅިގެން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އަގު އުފުލިފައެވެ.
ފެބްރުއަރީ 28 ގައި ޙަމަލާތައް ފެށިފަހުން މިހާތަނަށް އީރާނުން މަދުވެގެން 1،444 މީހުން ވަނީ މަރުވެފައެވެ. އަދި އެމެރިކާގެ 13 ސިފައިން މަރުވެ، 140 އަށްވުރެ ގިނަ ސިފައިންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މީގެ ތެރޭގައި ޢިރާޤުގައި ވެއްޓުނު އެމެރިކާގެ މަތިންދާބޯޓެއްގައި ތިބި ހަ ސިފައިންވެސް ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް
އިބްރާހިމްގެ ތާއީދު ވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓަށް!
2 ގަޑިއިރު ކުރިން

ނަތަންޔާހޫ އަދި މަރުނުވާކަން ދެއްކުމަށް ވީޑިއޯއެއް އާންމުކޮށްފި!
2 ގަޑިއިރު ކުރިން

ހަނގުރާމަ ހުއްޓާލައި ހަމަޖެހުން ގާއިމުކުރުމަށް ގަތަރާއި ސައުދީން ގޮވާލައިފި
3 ގަޑިއިރު ކުރިން

މަގު ހެދުމަށްޓަކައި، ރަސްމީ ފާލަމާއި ހެންވޭރު ފެރީ ޓާމިނަލްއާއި، ދެމެދުގެ ފަޅު ބަންދުކުރަނީ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)