logo
ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ: -- ފޮޓޯ/ އެކްސް

ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ: -- ފޮޓޯ/ އެކްސް

ލަންކާގައި ޙަރަދުކުޑަކުރަން ހަފްތާއަކު 4 ދުވަހު އޮފީސްތައް ހުޅުވާގޮތަށް ނިންމައިފި

profile

ރިޟްވާން މޫސާ - 16 މާރިޗު 2026 - 17:53

އަވަށްޓެރި ސްރީލަންކާގައި ޙަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން ސަރުކާރު އޮފީސްތައް ޖުމްލަ ހަތަރު ދުވަހު ހުޅުވާގޮތަށް ނިންމައިފި އެވެ.

https://wamco.com.mv/

މެދު އިރުމަތީގެ ހަމަނުޖެހުންތަކާއި ހުރެ ތެޔޮ ލިބުން ދަތިވެ ދުނިޔޭގެ އިގްތިސާދަށްވެސް ވަނީ ވަރަށް ބޮޑެތި ހީނަރުތަކެއް އަންނަމުންނެވެ.

އެހެން ކަމުން މި ކަމުގެ އަސަރު ލަންކާ އަށް ވެސް ކުރަމުންދާތީ ޙަރަދު ކުޑަ ކުރުމުގެ ގޮތުން ލަންކާ ސަރުކާރުން ނިންމާފައި ވަނީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

ސްރީލަންކާގެ ކޮމިޝަނާ ޖެނެރަލް އޮފް އެސެންޝަލް ސާވިސަސް، ޕްރަބާތު ޗަންދްރަކީރްތީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށެވެ.

މި ނިންމުމުގެ ދަށުން ސްރީލަންކާގެ ސަރުކާރުގެ ހުރިހާ އޮފީސްތަކާއި، ސްކޫލްތަކާއި، ޔުނިވާސިޓީތަކުގެ އިތުރުން ކޯޓުތައް ވެސް ބުދަ ދުވަހު ބަންދުވާނެއެވެ.

ސަރުކާރުގެ އޮފީސްތައް ބަންދުކުރި ކަމުގަވިނަމަވެސް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަން މި ބަންދުން އިސްތިސްނާވާނެ ކަމަށް ކޮމިޝަނާ ޖެނެރަލް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއާއި، ބަނދަރުތަކާއި، ފެނުގެ ޚިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސްރީލަންކާ ކަސްޓަމްސް ހިމެނެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 25 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާއިރު، މިކަމުގެ އަސަރު ދިވެހިރާއްޖެއަށްވެސް ދަނީ ކުރަމުންނެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ރާއްޖެއަށް ތެލުގެ ދަތިކަމެއް ކުރިމަތިނުވާނެ ކަމަށާއި ސަޕްލައި ޔަގީންކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk