logo

ކުޑަ ކުއްޖެއްގައިގަ ތަޅާ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި

profile

ރިޟްވާން މޫސާ - 17 މާރިޗު 2026 - 16:51

ކުޑަ ފިރިހެން ކުއްޖެއް ގައިގަ ތަޅައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

https://wamco.com.mv/

"އަސްލު ޓީވީ" އަށް އެނގިފައިވާ ގޮތުގައި ކުޑަ ފިރިހެން ކުއްޖެއްގައިގަ އެ ކުއްޖާގެ ދޮން ބައްޕައެއް ތަޅައި މާރާމާރީ ހިންގި މައްސަލަ ބަލަމުން ގެންދަނީ ފ.ނިލަންދޫ ޕޮލިސް ސްޓޭޝަނުންނެވެ.

ފ.ނިލަންދޫ ޕޮލިސް ސްޓޭޝަނުން ވެސް ވަނީ މިފަދަ މައްސަލައެއް މިއަދު ހަވީރުގެ ވަގުތެއްގައި އެ ސްޓޭޝަނަށް ހުށައެޅިފައިވާ ކަމަށާއި، މި މައްސަލަ ދައުލަތުގެ ކަމާ ގުޅުން ހުރި އެހެން އިދާރާތަކާއެކު ބަލަމުންދާ ކަމަށް ބުނެފަ އެވެ.

ފ.ނިލަންދޫގައި މިއަދު ހިނގައިދިޔަ ގެވެށި އަނިޔާގެ މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް ޖެންޑާ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ގެވެށި އަނިޔާގެ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މި ކުއްޖާ ގައިގަ އެ މީހާ ތަޅައި އަނިޔާ ކުރާ މަންޒަރުވެސް ވަނީ ލިބިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެވެށި އަނިޔާގެ މި މައްސަލައިގައި ކުޑަ ކުއްޖަކަށް އަނިޔާ ކުރި މީހަކީ ލ.އަތޮޅަށް ނިސްބަތްވާ މީހެކެވެ. އެ މީހާ އަކީ މަސްތުވާތަކެތި ގެންގުޅުމާއި އެތަކެތި އަތުގައި ބެހެއްޓުން ފަދަ ކުށުގައި ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށްވެސް މައުލޫމާތުލިބެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk