logo

ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައިފި

profile

މުޙައްމަދު ފަޟްލޫން - 17 މާރިޗު 2026 - 10:40

ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައިފިއެވެ.

https://wamco.com.mv/

ނައީމާ މޫސާގެ މަރުގެ މައްސަލައިގައި މާލެއިން ހައްޔަރުކުރި ޙަސަން ފަވާޒުގެ ބަލި ހާލަތަށް ރިއާޔަތްކޮށް، ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލަން ޕްރޮސެކިއުޓަރު ޖެނެރަލް އޮފީސް (ޕީޖީ)ން ކްރިމިނަލް ކޯޓުގައި އެދުމުން އޭނާ ބަންދުން ވަނީ ދޫކޮށްލާފައެވެ.

ފަވާޒަކީ ނައީމާ މަރާލުމުގައި އުޅުނު މީހުން ދުއްވި ކާރުގެ ވެރި މީހާއެވެ. ނަމަވެސް ނައީމާގެ މަރަށް ފަހު، ފަވާޒު އުޅެފައި ވަނީ މާލޭގައެވެ.

ޕީޖީ އޮފީހުން ބުނީ ފަވާޒްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ 30 ނޮވެންބަރު 2023 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު މަރުޙަލާއިން ފެށިގެން ފަވާޒް ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސަވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައެވެ.

ނަމަވެސް އޭނާގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާކަމަށް ކަރެކްޝަންސް އިން މާރިޗު ނުވަ ވަނަ ދުވަހު މި އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަަމަށެވެ.

އަދި އޭނާގެ ބަލި ހާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި، ބަލީގެ ހައްސާސްކަމަށް ރިއާޔަތްކޮށް، ޝަރުތުތަކާއެކު އޭނާ ބަންދަށް ލުއިދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަަމަށްވެސް ޕީޖީން ވަނީ ބުނެފަައެވެ.

ފަވާޒް މައްޗަށް ކޯޓުން ކޮށްފައިވާ ޝަރުއުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަރެކްޝަންސްއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކުރަމުން ގެންދާނެ ކަަމަށެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކާއި ހިލާފުވެއްޖެނަމަ، އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

2023 ވަނަ އަހަރުގެ ތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ނ، މަނަދޫ އިން ނައީމާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިތެރެއިންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk