logo

ވޯޓާސް ލިސްޓުގައި ސޮއި ކުރަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 17 މާރިޗު 2026 - 08:29

އޭޕްރިލް މަހުގެ 4 ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026އާ ގުޅޭ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރަން ފަށައިފިއެވެ.

https://wamco.com.mv/

މި އިންތިހާބާއި ގުޅޭ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއި ކުރަން ފެށީ މިއަދެވެ. އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފައިނަލް ރަޖިސްޓްރީގައި ސޮއި ކުރުން ކުރިއަށް ދާނެއެވެ.

އެ ލިސްޓުގައި ސޮއި ކުރަން ފެށީ މިއަދު ހެނދުނު 10:00 ގައެވެ.

ސޮއި ކުރުމުގެ ކަންކަން އެ މުއްދަތުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 މެންދުރުފަހު 03:00 އަދި ރޭގަނޑު 09:30 އިން 12:00 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒުގައި ކުރިއަށްދާނެއެވެ.

ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން އަންނަނަމަ، އެކަން ބަޔާންކޮށް ބަދަލުގައި އަންނަ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

އަދ ރަޖިސްޓަރީގައި ސޮއިކުރަން އަންނަ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk