
ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން ސުޕްރީމްކޯޓަށް 2 މައްސަލަ ހުށަހަޅައިފި

މުޙައްމަދު ފަޟްލޫން - 17 މާރިޗު 2026 - 08:30
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް ބާއްވަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މިއަދު ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅައިފިއެވެ.
ސުޕްރީމް ކޯޓަށް ފުރަތަމަ މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އަދި އައިކު އަހުމަދު އީސާ އެވެ.
މި މައްސަލައިގައި އެދިފައިވަނީ މިހާރު ނަގަން އިއުލާނުކޮށްފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށެވެ.
ދެވަނަ މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.
އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައި މައިގަނޑު ގޮތެއްގައި އެދިވަޑައިގެންފައިވަނީ، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމަށް ފާސްކުރި ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި މި ވޯޓަކީ ގާނޫނުއަސާސީގެ 264 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ފެންނަ ނުފެންނަ ވޯޓާ ގުޅޭ މި މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހެޅި އިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވެސް ވަނީ މި ވޯޓާ ގުޅޭ މައްސަލައެއް ހައި ކޯޓަށް ހުށަހަޅާފައެވެ.
ސަރުކާރުގެ ފަރާތުން ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން ވަނީ އާއެކޭ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕޭންގައި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ހަރަދުތައް ކުޑަވެ އިންތިހާބުތަކަށް ރައްޔިތުންގެ ތާއީދު ލިބޭ މިންވަރު އިތުރުވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން އިދިކޮޅު އެމްޑީޕީ އިން ދަނީ ނޫނެކޭ ގެ ނަމުގައި ކެމްޕޭން ކުރަމުންނެވެ. ނޫނެކޭ ކެމްޕޭނަކީ ރައީސް ވޯޓާއި މަޖިލިސް ވޯޓު އެކުގައި ބާއްވަން ނުފެންނަ ކަމަށް ބުނެ ހިންގާ ހަރަކާތެކެވެ.
މި އަހަރު އޮންނަ ލޯކަލް ކައުންސިލްގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

4،985 ޓަނުގެ މުދާ އެމްޕީއެލް އިން ކްލިޔަރކޮށްފި
2 ގަޑިއިރު ކުރިން
ވޯޓާސް ލިސްޓުގައި ސޮއި ކުރަން ފަށައިފި
2 ގަޑިއިރު ކުރިން

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
2 ގަޑިއިރު ކުރިން

ހުޅުމާލެއިން 2 ބިދޭސީން ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)