
ހުޅުމާލެއިން 2 ބިދޭސީން ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 17 މާރިޗު 2026 - 08:17
ހުޅުމާލޭގައި އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މަހުގެ 14 އަދި 15 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 40 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
މީގެ ތެރެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ މީހެކެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން، ރާއްޖޭގެ އިމިގްރޭޝަން ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާ މިންވަރު ކަށަވަރު ކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ސިލްސިލާ ހަރަކާތެކެވެ. މިގޮތުން މިއަދުވެސް ހުޅުމާލޭގައި މި ޕްރޮގްރާމުގެ ދަށުން މޮނިޓަރިންގ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި މިފަދަ އޮޕަރޭޝަންތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، ހުރިހާ ބިދޭސީންނަކީވެސް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އުޅޭ ބައެއްކަން ކަށަވަރު ކުރުމެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އޮޕަރޭޝަން ކުރަނގީގެ ނަމުގައި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ބަޔޯ މެޓްރިކްސް ނެގުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކަރެކްޝަންސް އާއި ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
ގަޑިއިރެއް ކުރިން

ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައިފި
ގަޑިއިރެއް ކުރިން

4،985 ޓަނުގެ މުދާ އެމްޕީއެލް އިން ކްލިޔަރކޮށްފި
4 ގަޑިއިރު ކުރިން

ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން ސުޕްރީމްކޯޓަށް 2 މައްސަލަ ހުށަހަޅައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)