logo
އިކޮނޮމިކް މިނިސްޓަރ ސަޢީދު

އިކޮނޮމިކް މިނިސްޓަރ ސަޢީދު

އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދެތިން މަސްތެރޭ ފެށޭނެ: ސައީދު

profile

އަހުމަދު ޒަލީފު - 24 ފެބްރުއަރީ 2024 - 14:07

އިވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފެށޭ ވަރު ވާނެ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެ މަސައްކަތް ކުރަން ބަޔަކާ ހަވާލު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ ދެތިން ހަފްތާގެ ތެރޭގައި ދުނިޔޭގެ 10 ވަނައިގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏަކާ އެކުގައި ބަންކަރިން ހިދުމަތަށް މި ސަރަހައްދު ވަންނާނެ ކަމަށެވެ. އަދި އެކަން އެ ހިސާބަށް ދިޔައީމަ، ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި ނުވަތަ އެންމެ ލަސްވެގެން ޖުލައި މަސް ނިމުމުގެ ކުރިން އެ ވިޔަފާރި ފެށޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި ބަންކަރިން ހިދުމަތް ފެށުމުގެ ސަބަބުން އެތައް ވަޒީފާތަކެއް އުފެދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ވަރަށް ބޮޑެތި ވިޔަފާރީގެ ހަރަކާތްތަކެއް ތަނަވަސްވެގެންދާނެއެވެ. އެއާ އެކީގައި ރާއްޖެ އަށް އާމްދަނީ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"ފޮރިން ކަރަންސީ، ފޮރިން އެކްސްޗޭންޖަށް ވަރަށް ބޮޑު އީޖާބީ ދޮރެއް ހުޅުވިގެން އެ ދަނީ. އެހެންވިއްޔާ އިރާދަކުރެއްވިއްޔާ ޒަމާންތަކަކަށް ތި ބޭފުޅުން އިންތިޒާރު ކުރި މަސައްކަތް ފެށިގެން އެ ދަނީ. މި ތަނުން ދަތުރު ކުރާ ބޯޓުފަހަރަށް ބަންކަރިން ހިދުމަތް ދޭން ދެތިން މަސް އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މޯލްޑިވްސް ޑިވެލޮޕްމަންޓް ފްރީ ޒޯން ނަމުގައި ފްރީޒޯނެއް ހިންގާނެ ކުންފުންޏެއް ރަޖިސްޓްރީ ކުރެވި، ހޯރަފުށީގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދިއްޕޮޅުގެ ކުރިމަތީގައި އޮތް އިންޑަސްޓްރިއަލް ފަޅު އެ ކުންފުނީގެ އެސެޓަށް ކޮންވާޓްކޮށްދީފައިވާ ކަމަށެވެ. އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ހޯރަފުށީ ފަޅުގައި ފަށާ މަސައްކަތް މި އަހަރުގެ ތެރޭގައި ބިން ހިއްކަން ފަށާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

"އެކަމަށް ފައިސާ ހޯދުމުގެ ގޮތުން އަޅުގަނޑުމެން މިދަނީ ޔޫރަޕިއަން ބޭންކަކާ ވާހަކަ ދައްކަމުން. އަދި އޭގެ ކުރިމަގު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެބަ ފެނޭ. އަޅުގަނޑު ކުރިން ދެންނެވިހެން ދަރަނި އިތުރު ނުވާނެ ގޮތަކަށް ހިކުމަތްތެރިކަމާ އެކުގައި މިކަން ކުރަން އަޅުގަނޑުމެން ބޭނުން މިވަނީ،" ސައީދު ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދެތިން މަސްތެރޭ ފެށޭނެ ކަމަށް ސައީދު ވިދާޅުވި އިރު، ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް އެސްޓީއޯ އިން މިދިޔަ އޮގަސްޓް މަހު ވަނީ ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) އާ ހަވާލުކޮށްފައެވެ. މި ސަރުކާރުން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި އެ އެއްބަސްވުން ދަނީ ރިވިއު ކުރަމުންނެވެ. ދެތިން ހަފްތާގެ ތެރޭގައި ބަންކަރިން ހިދުމަތް ދިނުމަށް ހަވާލު ކުރަނީ ކޮން ބަޔަކާ ކަމެއް ސައީދު ވިދާޅެއް ނުވެއެވެ. އެކަމަކު، ބެލެވޭ ގޮތުގައި އެ މަސައްކަތް ހަވާލު ކުރަނީ މުޅިން އާ ކުންފުންޏަކާއެވެ.

https://wamco.com.mv/
https://www.aslu.com.mv