
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް

ހުސައިން އަހުމަދު - 08 ޑިސެމްބަރު 2022 - 22:05
އަލަށް ތަރައްގީ ކުރުމަށް ހަމަ ޖެހިފައިވާ 6 އެއާޕޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އިތުރު 2 ކުނަފޖނަޏަކާއި ހަވާލުކޮށްފިއެވެ.
އެއާޕޯޓް ތަރައްގީ ކުރުމަށް ހޯދާ ފައިސާގެ ބަދަލުގައި ރިސޯޓް ތަރައްގީ ކުރާނެ ރަށެއް ލިބޭ އުސޫލުން މި އެއާޕޯޓްތައް ތަރައްގީ ކުރުމަށް ފައިސާ ހޯދުމަށް ހަވާލުކޮށްފައި ވަނީ ރޭންކް ޕްރޮޖެކްޓްސް އެންޑް ޑިވޮލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑް އާއި އަންގިރި ރޮސޯޓް މެނޭޖެމެންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑްއާއި އެވެ.
އެއަރޕޯޓް ތަރައްޤީކުރުމަށް ފައިނޭންސް ކުރުމަށް ހުޅުވާލުމުން މީގެކުރިން އެކަމަށް ޝައުގުވެރިކަން ފާޅުކުރި ދެކުންފުންޏަކާއެކުވެސް މިނިސްޓްރީންވަނީކުރިން އެއްބަސްވުން އެކުލަވާލާފައެވެ. އެއީ މުނި އެންޓަ ޕްރައިސަސްއާއި ދެކުނު ދުނި އިންވެސްޓްމަންޓެވެ.
މިކުންފުނިން ފައިނޭންސް ހޯދާނީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ފ. މަގޫދޫ، ތ. ވިލުފުށި، އަދި ރ.އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގައި ރީޖަނަލްއެއާޕޯޓް އެޅުމަށެވެ.
މި ހަ ރަށުގައި އެއާޕޯޓް ތަރައްގީކުރުމަށް ފައިނޭންސް ކޮށްދޭނެ ބަޔަކު ހޯދުމަށް އެކި ފަހަރުމަތިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގއެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހާއި އޮގަސްޓްމަހުވެސް ފައިނޭންސްކުރުމަށް ޝައުގުވެރިވާފަރާތެއް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. އެއާޕޯޓެއް ތަރައްގީކުރުމަށް ފައިނޭންސްކުރުމަށް އެންމެ މަދުވެގެން ތިން މިލިއަން އެމެރިކާ ޑޮލަރު ހުށަހަޅަންޖެހޭކަމަށް ގެޒެޓްކުރި އިއުލާންގައިވެއެވެ.
މި އެއާޕޯޓްތައް ތަރައްގީ ކުރުމަށް 133 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ލަފާކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ ސްވައިޕް އައްޑޫ ސިޓީގައި ތައާރަފްކޮށްފި
4 މިނިޓު ކުރިން

އައިފޯން ގިވްއަވޭ ޕްރޮމޯޝަންގައި ގޫގުލް ފޯމް ފުރާކަށް ނުޖެހޭނެ: އެލައިޑް އިންޝިއުރަންސް
2 ގަޑިއިރު ކުރިން

ޣާލިބަށް ތާއީދުކުރާ ކަމަށް ބުނާ ވާހަކަ ރައީސް ދޮގުކުރައްވައިފި
4 ގަޑިއިރު ކުރިން
އެއަރޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)