
ޣާލިބަށް ތާއީދުކުރާ ކަމަށް ބުނާ ވާހަކަ ރައީސް ދޮގުކުރައްވައިފި

މުޙައްމަދު ފަޟްލޫން - 11 މާރިޗު 2026 - 16:07
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތާއީދުކުރައްވާ ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު މިއަދު ދޮގުކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގައި ކުރިއަށްދިޔަ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، އެ ދާއިރާގެ ގޭގެއަށް ޒިޔާރަތްކޮށް އެމްޑީޕީގެ ކެންޑިޑޭޓް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި ރައީސްގެ ތާއީދު އޭނާއަށް އޮތް ކަމަށް ބުނުން ހިމެނޭ ކަމަށެވެ.
ހުޅުމާލެ ދެކުނު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އަޙްމަދު ޣާލިބެވެ. އޭނާއަކީ ރައީސް މުޢިއްޒުގެ އާއިލީ ބޭފުޅެއްގެ އިތުރުން، މީގެކުރިން ރައީސްގެ އަރިހުގައި މަސައްކަތްކުރެއްވި ބޭފުޅެއް ނަމަވެސް، ފަހުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ރައީސް ސަރުީހުކޮށް ވިދާޅުވީ، އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށެވެ. ހުޅުމާލެ ދެކުނު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި އަޙްމަދު ޢުބައިދު (އުބޭ) ވާދަކުރައްވާއިރު، އަމިއްލަ ގޮތުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވެސް ވާދަކުރައްވައެވެ.
ރައީސް ޣާލިބް އަށް ތާއީދު ކުރައްވާ ވާހަކަ ދޮގުކުރައްވާފައިވާއިރު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ވެސް ވަނީ އެ ޕާޓީގެ ރަސްމީ ކެންޑިޑޭޓުން ފިޔަވައި އެހެން އެއްވެސް މިނިވަން ކެންޑިޑޭޓަކަށް ޕާޓީގެ ތާއީދު ނޯންނާނެކަން މީގެކުރިން ހާމަކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހަރަދުކުޑަކުރަން އަޅާނެ ފިޔަވަޅުތައް އެސްއޯއީތަކާއި ޕީސީބީ އިން ހިއްސާކޮށްފި
5 ގަޑިއިރު ކުރިން

ސިއްހީ އެހީގެ ތަމްރީން ޕްރޮގްރާމް އިފްތިތާހްކޮށްފި
5 ގަޑިއިރު ކުރިން

މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ މައްސަލައިގެ އަޑު އެހުމެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި
21 ގަޑިއިރު ކުރިން

މިނިސްޓަރު ޒަމީރުގެ ނަން ބޭނުންކޮށްގެން ފިތުނަ އުފައްދަން ވެރިކަމަށް އަންނަން ދައްކާ ވާހަކައަކީ ދޮގެއް: ރިޔާޒް ރަޝީދު
21 ގަޑިއިރު ކުރިން


.gif&w=3840&q=75)