logo

ފައިނަލް ވޯޓާރސް ލިސްޓް އާއްމުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 11 މާރިޗު 2026 - 14:55

ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ.

https://wamco.com.mv/

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރައްޔިތުންގެހިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުލެވޭ މީހުންގެ ފަހުގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މި ލިސްޓަށް ބަލާއިރު، އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިރާތައް ވަކިވަކިން އެނގޭނޭހެން ތައްޔާރުކޮށްފައިވާ މި ފައިނަލް ލިސްޓު، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގެ އިތުރުން ސަރުކާރުގެ ގެޒެޓުގައިވެސް މިހާރު ވަނީ ޝާއިޢުކޮށްފައެވެ.

މި އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 1,592 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 1,368 ކެންޑިޑޭޓުން ވާދަކުރެއެވެ.

މި އިންތިހާބުތަކާ އެކު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ލަފާ ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށްވެސް ވަނީ ނިންމާފައެވެ.

ހިޔާލު ހޯދުމުގެ މި ވޯޓު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ ވޯޓުލުން ނިމޭތާ 30 މިނެޓުގެ މެދުކެނޑުމަކަށް ފަހުއެވެ. އަދި މި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ތާވަލުކޮށްފައިވަނީ 11 އޭޕްރީލް 2026 ވާ ހޮނިހިރު ދުވަހުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk