
ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ރިޟްވާން މޫސާ - 11 މާރިޗު 2026 - 18:27
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ފައިނަލް ލިސްޓުން ފެންނަ ގޮތުގައި އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ އެ އިންތިހާބުތަކުގައި ވޯޓުލުމުހެ ހައްގު 294،937 މީހުންނަށް ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 1،592 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ކޮމިޓީތަކަށް 1،368 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އެ އިންތިހާބުތަކާއެކު، ހިޔާލު ހޯދުމުގެ އާންމު ވޯޓު ވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓު ގުނަން ފަށާނީ، ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުއެވެ.
ގުޅުން ހުރި ޙަބަރުތައް
ފައިނަލް ވޯޓާރސް ލިސްޓް އާއްމުކޮށްފި
5 ގަޑިއިރު ކުރިން

ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި
12 ގަޑިއިރު ކުރިން

އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް
12 ގަޑިއިރު ކުރިން

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ މައްސަލަޖެހޭނެ ކަމެއް ނޫން: ޑރ ޙަލީލް
12 ގަޑިއިރު ކުރިން


.gif&w=3840&q=75)