
އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް

ރިޟްވާން މޫސާ - 11 މާރިޗު 2026 - 08:08
ރާއްޖެއަށް ބޭނުންވާ އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭނުންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ލިބުމުގައި ހުރި ދަތިތައް ކަމަށާއި ޚާއްސަކޮށް އެލައިޑް ހެލްތު ސްޕެޝަލިސްޓުންނަށް ރާއްޖޭގައި ޑިމާންޑު އޮތްވަރަށް ސްޕެޝަލިސްޓުން ނުލިބޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވިގޮތަށް 50 ތެރަޕިސްޓުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން އިތުރު އިނާޔަތްތަކާއެކު ތެރަޕިސްޓުން ހޯދަން އިއުލާންކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.
އަވަށްޓެރި ޤައުމުތަކާ މަޝްވަރާކުރެވިގެންވެސް އެލައިޑް ހެލްތު ޕްރޮފެޝަނަލުން ހޯދުމުގެ މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ ދާއިރާއިން ދިވެހިން ތަމްރީން ކުރުމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއާއި ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މިއަހަރު އިތުރު ޕްރޮގްރާމުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
އެލައިޑް ހެލްތު ޕްރޮފެޝަނަލުން ގެނައުމުގެ އިތުރުން ރާއްޖޭގައި ޑޮކްޓަރުން އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި
2 ގަޑިއިރު ކުރިން

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ މައްސަލަޖެހޭނެ ކަމެއް ނޫން: ޑރ ޙަލީލް
2 ގަޑިއިރު ކުރިން

މިއަހަރުގެ ކުޑައީދު ކުލަގަދަކޮށް މާލޭގައި ބާއްވަނީ
2 ގަޑިއިރު ކުރިން

މާލޭގެ ގެއަކުން ތިޖޫރިއެއް ވަގަށް ނެގި ބަޔަކު ޖަލަށްލައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)