logo
ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާއި އުރީދޫ ގުޅިގެން "ބޮޑު އީދު އުފާ"ގެ ނަމުގައި މާލޭގައި ކުރިން ބޭއްވި އީދު ކުޅިވަރުގެ ހަރަކާތެއް

ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާއި އުރީދޫ ގުޅިގެން "ބޮޑު އީދު އުފާ"ގެ ނަމުގައި މާލޭގައި ކުރިން ބޭއްވި އީދު ކުޅިވަރުގެ ހަރަކާތެއް

މިއަހަރުގެ ކުޑައީދު ކުލަގަދަކޮށް މާލޭގައި ބާއްވަނީ

profile

ރިޟްވާން މޫސާ - 11 މާރިޗު 2026 - 08:06

މިއަހަރުގެ ފިތުރު އީދު ދުވަސް ކުލަގަދަކޮށް މާލޭގައި ބާއްވަން ނިންމައިފި އެވެ

https://wamco.com.mv/

އެމްއެންޑީއެފުން ބުނި ގޮތުގައި، "އީދު ހަވީރު 1447"ގެ ހަރަކާތްތައް ފަށާނީ، އީދު ދުވަހުގެ ހަވީރު 16:00 އިން 18:00އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައެވެ.

އީދު ކުޅިވަރުތައް ތިން ދުވަހަށް ކުރިއަށްގެންދާއިރު، އެމްއެންޑީއެފުން ބުނި ގޮތުގައި މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ.

އަދި ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑުގައިވެސް އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "އީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވެއެވެ. އެއީ، ސްޓެލްކޯއާއި، އެމްޑަބްލިއުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެޗްޑީސީއާއި، އެސްޓީއޯއާއި، އެމްއޭސީއެލްއާއި، އާރުޑީސީއާއި، އެމްޓީސީސީ އަދި މިފްކޯއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk