
ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ މައްސަލަޖެހޭނެ ކަމެއް ނޫން: ޑރ ޙަލީލް

ރިޟްވާން މޫސާ - 11 މާރިޗު 2026 - 08:07
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރައީސުލް ޖުމްހޫރިއްޔާ އަކު ހޮވުމުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ މައްސަލަޖެހޭނެ ކަމެއް ނޫން ކަމަށް ފޮރިން މިނިސްޓަރ ޑރ އަބުދުﷲ ޙަލީލް ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީއިން ހުޅުމާލެ މެދު ކެމްޕެއިން ޖަގަހަ އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޙަލީލް ވިދާޅުވީ މިހާރުވެސް ދެ އިންތިހާބެއް ބާއްވަމުން ގެންދަނީ އެއްދުވަހެއްގަިއ ކަމަށެވެ. އަދި އެކަމުގައިވެސް ރައްޔިތުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ޙަލީލް އިޝާރާތް ކުރެއްވެވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށެވެ.
ހަލީލްގެ ވާހަކަފުޅުގައި އެންމެ ބޮޑު ދެ އިންތިހާބު އެްދުވަހެއްގައި ބާއްވަން ނިންމައި އެކަމުގައި ރައްޔިތުންގެ ތާއީދު އޮތް މިންވަރު ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމާފައިވާތީ އެކަމާވެސް އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަމުންދާ ކަމަށެވެ.
ހަލީލް ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް އަދި ނިންމާފައި ނުވާ ކަމަށައި، މިކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަނީ މިކަމަކީ ރައްޔިތުން ގަބޫލު ކަމެއްތޯ ބެލުމަށް ކަމަށެވެ.
ބޮޑު ދެ އިންތިހާބެއް އެއްދުވަހެއްގައި ބޭއްވުމަކީ ދައުލަތުން އިންތިހާބުތަކަށް ކުރާ ހޭދަ ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމެއް ކަމަށް އިންތިހާބުތައް އިންތިޒާމް ކުރަމުންދާ ފަރާތް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މިނިސްޓަރ ހަލީލް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން އޮންނަ ދުވަހު ދެ އިންތިހާބު އެއްކޮލުމަށް ނަގާ ރައްޔިތުންގެ ވޯޓުން މި ދެ އިންތިހާބަކީވެސް އެއްދުވަހެއްގައި ބާއްވަން ފެންނަ ކަމަށް ރައްޔިތުންގެ ހިޔާލުން ނިންމުމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި
3 ގަޑިއިރު ކުރިން

އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް
3 ގަޑިއިރު ކުރިން

މިއަހަރުގެ ކުޑައީދު ކުލަގަދަކޮށް މާލޭގައި ބާއްވަނީ
3 ގަޑިއިރު ކުރިން

މާލޭގެ ގެއަކުން ތިޖޫރިއެއް ވަގަށް ނެގި ބަޔަކު ޖަލަށްލައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)