logo
ފުލުހުން މަގުމަތިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ

ފުލުހުން މަގުމަތިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ

މާލޭގެ ގެއަކުން ތިޖޫރިއެއް ވަގަށް ނެގި ބަޔަކު ޖަލަށްލައިފި

profile

ރިޟްވާން މޫސާ - 11 މާރިޗު 2026 - 08:01

މާލޭގެ ގެއަކުން ތިޖޫރިއެއް ވަގަށް ނެގިކަމުގެ މައްސައިގައި ބަޔަކު ޖަލަށް ލައިފި އެވެ

https://wamco.com.mv/

ދައުލަތުން މި މައްސަލައާއި ގުޅިގެން ދައުވާ ކޮށް ހުކުމް ކޮށްފައިވަނީ ދެ މީހެއްގެ މައްޗަށެވެ. އެ ތިން މީހުންނަކީ ރ. އަލިފުށީ ހަބީބީހެޕް އިސްމާއިލް ސާއިފް އަދި، މއ. ދިއްލީ އަލީ ނިމާލްގެ މައްޗަށެވެ. ރިކޯޑްތަކުން ދައްކާ ގޮތުން މީގެ ތެރެއިން ސާއިފަކީ ކުށުގެ ގިނަ ރިކޯޑްތަކެއް އޮންނަ މީހުންނެވެ.

މި ދެ މީހުންގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާއިރު އެދައުވާ ތަކަކީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާއާއި ވައްކަން ކުރުމުގެ ދައުވާ އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ސާއިފް އަދި ނިމާލް ވަނީ ދެ މީހުންނާ ދެކޮޅަށް ދައުލަތުން ކުރި ދައުވާތަކަށް އިންކާރުކޮށްފައެވެ. ޝަރީއަތުގައި އެ ދެ މީހުންވަނީ އެކަކު އަނެކަކު ނުވެސް ދަންނަ ކަމަށް ބުނެފައެވެ.

ދައުލަތުންވަނީ މި މައްސަލައިގެ ހެކީގެ ގޮތުގައި ސީސީޓީވީ ފުޓޭޖް ވެސް ހުށަހަޅާފައެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، މި ދެ މީހުން ވައްކަންކޮށްފައިވަނީ ގޭގެ ވެރި ފަރާތުން ފަތިސް ނަމާދަށް ދިޔަ ވަގުތު، ފާރުމަތިން އަރައި ގެއަށް ވަދެ، ދޮރު ހަލާކުކޮށްލައިގެންނެވެ.

މި ދެ މީހުން އެ ގެއަށް ވަދެ، އެގޭ ތިޖޫރީ ވަގަށް ނަގައިގެން ގެންދިޔައިރު، ތިޖޫރީގައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާއާއި 3,000 އެމެރިކާ ޑޮލަރު ހުރިކަން ޝަރީއަތް ނިމުނު ގޮތުގެ ހުލާސާގައި ބަޔާންކޮށްފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk