
އައިފޯން ގިވްއަވޭ ޕްރޮމޯޝަންގައި ގޫގުލް ފޯމް ފުރާކަށް ނުޖެހޭނެ: އެލައިޑް އިންޝިއުރަންސް

މުޙައްމަދު ފަޟްލޫން - 11 މާރިޗު 2026 - 18:46
އައިފޯން ގިވްއަވޭ ޕްރޮމޯޝަންގައި ބައިވެރިވާން ގޫގުލް ފޯމް ފުރާކަށް ނުޖެހޭނެ ކަމަށް އެލައިޑް އިންޝިއުރަންސް އިން ބުނެފިއެވެ.
އެލައިޑް އިންޝިއުރަންސް އިން ކުރިއަށްގެންދާ އެލައިޑް އައިފޯން ޑްރޮޕް ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ބައިވެރިންނާ ގުޅައި އޮޅުވާލައިގެން ގޫގްލް ފޯމެއް ފުރިހަމަކުރަން މަސައްކަތްކުރާކަން ދެނެގަނެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެލައިޑް އިންޝިއުރަންސް އިން ގިވްއަވޭގެ ބައިވެރިންނަށް އެއްވެސް ގޫގުލް ފޯމެއް ނުވަތަ ބޭރުގެ ލިންކެއް ފޮނުވާފައިނުވާކަން އާއްމުންނަށް އަންގާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ގިވްއަވޭގައި ބައިވެރިވާ ބައިވެރިންނަށް ފޯމް ފުރުމަށް ނުވަތަ ނުރަސްމީ ލިންކްތަކުގެ ޒަރީޔާއިން ޒާތީ މައުލޫމާތު ހިއްސާކުރަން އެދޭ އެއްވެސް މެސެޖަކީ އެލައިޑް އިންޝިއުރަންސް އާއި ގުޅުން ހުރި މެސެޖެއް ނޫންކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެހެންކަމުން އެލައިޑްގެ ނަމުގައި ފޮނުވާ އެއްވެސް ލިންކެއްގެ ޒަރިއާ އިން ޒާތީ މައުލޫމާތު ހިއްސާކުރަން އެދޭ އެއްވެސް މެސެޖެއް މެދުވެރިކޮށް ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ އާއި ގުޅޭ ހުރިހާ ރަސްމީ މުއާމަލާތެއް ކުރެވޭނީ ހަމައެކަނި އެލައިޑް އިންޝިއުރަންސްގެ ރަސްމީ އިންސްޓަރގްރާމް އެކައުންޓް allied.mv@ މެދުވެރިކޮށެވެ.
ގިވްއަވޭ އާއި ގުޅޭގޮތުން އެލައިޑުން ކަމަށް ބުނެ ޝައްކު ކުރެވޭ މެސެޖެއް ލިބިއްޖެނަމަ، އެ މެސެޖަށް ސަމާލުކަން ނުދީ، އެކައުންޓް ރިޕޯޓްކޮށް، ވަގުތުން އެލައިޑް އިންޝިއުރަންސް އަށް އެކަން އެންގުމަށް އެކުންފުނިން ވަނީ އެދިފައެވެ.
މުޖުތަމައުގެ ސަލާމަތާއި އިތބާރަކީ އެލައިޑް އިންޝިއުރަންސް އިން އެންމެ އިސްކަމެއްދޭ ކަމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެލައިޑްގެ ގިވްއަވޭގައި ބައިވެރިވާ ބައިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ދެމިއޮތުމުގެ އަގުވަޒަންކޮށް އޮންލައިން ސްކޭމްތަކާއި ދެކޮޅަށް އެންމެން ސަމާލުވުމަށް އެކުންފުނިން ވަނީ ބާރުއަޅާފައެވެ.
ވެރިފައިޑް އަޕްޑޭޓްތަކާއި މައުލޫމާތު ހޯދުމަށް އިންސްޓަގްރާމްގައިވާ އެލައިޑްގެ ރަސްމީ އެކައުންޓް allied.mv@ ފޮލޯ ކުރުމަށް ވަނީ އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހަރަދުކުޑަކުރަން އަޅާނެ ފިޔަވަޅުތައް އެސްއޯއީތަކާއި ޕީސީބީ އިން ހިއްސާކޮށްފި
5 ގަޑިއިރު ކުރިން

ސިއްހީ އެހީގެ ތަމްރީން ޕްރޮގްރާމް އިފްތިތާހްކޮށްފި
5 ގަޑިއިރު ކުރިން

މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ މައްސަލައިގެ އަޑު އެހުމެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި
20 ގަޑިއިރު ކުރިން

މިނިސްޓަރު ޒަމީރުގެ ނަން ބޭނުންކޮށްގެން ފިތުނަ އުފައްދަން ވެރިކަމަށް އަންނަން ދައްކާ ވާހަކައަކީ ދޮގެއް: ރިޔާޒް ރަޝީދު
20 ގަޑިއިރު ކުރިން


.gif&w=3840&q=75)