logo

ސްކޭމާ ދެކޮޅު ބައިނަލްއަގްވާމީ އޮޕަރޭޝަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 11 މާރިޗު 2026 - 14:55

ސްކޭމްތަކާ ދެކޮޅަށް ހިންގާ ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއް ކަމަށްވާ "އޮޕަރޭޝަން ފްރޮންޓިއަރ+ III" ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ.

https://wamco.com.mv/

މި އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރާއި ދުނިޔޭގެ އެކި ގައުމުތަކުގެ އެންޓި-ސްކޭމް އިދާރާތައް ގުޅިގެން، ސްކޭމް ވިއުގަތައް ނައްތާލުމަށް ހިންގާ ބައިނަލްއަގުވާމީ މުހިންމު ހަރަކާތެކެވެ.

މިއީ ބޯޑަރު ހުރަސްކޮށް ހިންގާ މާލީ ކުށްތަކާއި ސްކޭމްތައް ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދާ މިފަދަ ތިންވަނަ ބޮޑު އޮޕަރޭޝަނެވެ.

ޓްރާންސްނޭޝަނަލް ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ "ފްރޮންޓިއަރ+ އެލަޔަންސް" ގައި ރާއްޖެ ހިމެނޭހެން ޖުމްލަ 13 ގައުމެއް ބައިވެރިވެއެވެ. މި އެލަޔަންސްގެ މަގުސަދަކީ އެކި ގައުމުތަކުގެ ތަންފީޒީ އިދާރާތައް ގުޅިގެން، ރޭވުންތެރިކަމާއެކު ހިންގާ ސްކޭމްތައް ހުއްޓުވުމެވެ.

މި އޮޕަރޭޝަންގައި ބައިވެރިވާ ގައުމުތަކަކީ:ދިވެހިރާއްޖެ، އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ދުބާއީ)، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑެވެ.

މި އެލަޔަންސްގެ މައިގަނޑު އަމާޒަކީ ރިއަލް-ޓައިމްކޮށް މައުލޫމާތު ހިއްސާކުރުމާއި، ސްކޭމް ހިންގާ ވިއުގަތައް ނައްތާލުމަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk