logo

ބީއެމްއެލްގެ ސްވައިޕް އައްޑޫ ސިޓީގައި ތައާރަފްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 11 މާރިޗު 2026 - 20:30

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ތައާރަފްކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް ސްވައިޕް އައްޑޫ ސިޓީގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

https://wamco.com.mv/

އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ސްވައިޕްގެ ހިދުމަތް އިފްތިތާހްކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހްސާން އާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފްއެވެ.

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ކަނޑައަޅާފައިވާ ބީއެމްއެލް ސްވައިޕްގެ ހިދުމަތް މިހާރު އައްޑޫ ސިޓީގެ ހުރިހާ ވިޔަފާރިއަކުން ބަލައިގަނެވޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މި ވޮލެޓަކީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ތައާރަފްކުރި އުފެއްދުމެކެވެ.

ބީއެމްއެލް އިން ތައާރަފްކުރި ސްވައިޕް އަކީ ރާއްޖޭގެ ޕިންޓެކް ހުނަރުވެރިކަން ދުނިޔެއަށް ދައްކުވައިދެ އަދި ބީއެމްއެލް އަކީ ސަރަހައްދީ ފެންވަރުގައި އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމަށް ކުރާ މަސައްކަތުގެ މުހިއްމު ފިޔަވަޅެކެވެ.

މި ހިދުމަތުގެ ސަބަބުން ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސާދީ ދުޅަހެޔޮކަމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމެއްކަމަށް ބޭންކުން ދެކެއެވެ.

ފަތުރުވެރިންނަށް އަމާޒުކޮށްގެން ބީއެމްއެލް އިން ތައާރަފްކުރި ޑިޖިޓަލް ވޮލެޓް ނުވަތަ ސްވައިޕްގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އެގޮތުން އެހެން ކާޑުތަކުން ނަގާ 2.5 އިންސައްތަައިގެ ކޮމިޝަންގެ ބަދަލގައި ސްވައިޕް މެދުވެރިކޮށް ހަދާ މުއާމަލާތްތަކުން ނަގާނީ އެންމެ 1 އިންސައްތައެވެ.

މިއީ ބައިނަލްއަގްވާމީ ފެންވަރުގެ މާލީ އުފެއްދުންތައް ރާއްޖޭގައި ހުރުމުގެ މުހިއްމުކަން ހާމަކޮށްދޭ ކަމެކެވެ.

ސްވައިޕް އެޕް މެދުވެރިކޮށް ކިޔުއާރުކޯޑް ބޭނުންކޮށްގެން ރައްކާތެރިކަމާއެކު ފައިސާ ދެއްކުމާއި ދުނިޔޭގެ ކޮންމެ ތަނަކުންވެސް ފައިސާ ލިބިގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބެއެވެ.

ދުނިޔޭގެ ކޮންމެ ބޭންކެއްގެ ކާޑަކުންވެސް ވޮލެޓަށް ފައިސާ ޖަމާކުރެވޭއިރު ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބޭ ގޮތަށް ހަމަޖެހިފައިވުމުން ކޭޝް ފްލޯ ބެލެހެއްޓުމަށް ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި އިންޓަރނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ.

މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ސްވައިޕް ޓޮޕްއަޕް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އެކައުންޓްތަކާއި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއްވެސް ބޭނުންކުރެވޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk