
null
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ

ހުސައިން އަހުމަދު - 09 ޑިސެމްބަރު 2022 - 09:36
އެއިޑްސްއަށް އާއްމުން ހޭލުންތެރިކުރުމަށް ރާއްޖޭގެ ހުރިހާ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ހިމެނޭގޮތަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ކުރިޔަށްދާ ހަރަކާތްތަށް ގއ އަތޮޅުގައި މިހާރު ދަނީ ކުރިޔަށް ގެންދަމުންނެވެ.
އެއިޑްސް ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަނީ ގއ.އަތޮޅު ކައުންސިލާއި، ގއ.އަތޮޅު ހޮސްޕިޓަލާއި އެޗްޕީއޭ ގުޅިގެންނެވެ. ހަރަކާތްތައް ގއ.ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީގައި ކުރިއަށްދާނެއެވެ. ހަފްތާއަކަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ގިނަ ޕްރޮގްރާމްތައް ހިންގަނީ އަތޮޅު ހޮސްޕިޓަލް ހުންނަ ގއ.ވިލިނގިލީގައެވެ.
އެއިޑްސް ދުވަހުގެ ހަރަކާތްތައް ހިންގަނީ ހުރިހާ އުމުރުފުރައަކަށެވެ. އެގޮތުން ޒުވާނުންނާ އަދި ކުޑަކުދިންނާ އާއިލާތައް އަދި ބިދޭސީންނަށް ހިންގާ، ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް މީގެ ތެރޭގައި ހިމެނެއެވެ. މީގެތެރެއިން އެއިޑްސް، ހެޕަޓައިޓިސް އަދި ސިފިލިސްއަށް ޓެސްޓް ކުރުމުގެ ކޭމްޕްތައް ވަނީ ފަށާފައެވެ.
ދުވަހުގެ ހަރަކާތްތަކުގައި ހިމަނައިގެން މިސަރަޙައްދުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ، މިދާއިރާތަކާއި ގުޅުންހުރި މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތާއި ތަމްރީން ދިނުމުގެ ވޯކްޝޮޕްތައްވެސް ވަނީ ފަށާފައެވެ. އަދި މި ހަރާކާތްތަކުގެ ތެރެއިން މުޖުތަމަޢު މިފަދަ ބަލިތަކަށް ހޭލުންތެރިކުރުމަށް އާއިލީ ހަވީރަކާއި، އަދި ޒުވާނުންނަށް މަޢުލޫމާތު ދިނުމުގެ ހަރަކާތަކާއެކު މިއުޒިކް ޝޯވއެއްވެސް ބާއްވާނެއެވެ.
ދުވަހާ ގުޅިގެން އެޗްޕީއޭއިން ފަށާފައިވާ ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އެ އެޖެންސީގެ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ އަބްދުލް ޙަމީދު ވިދާޅުވީ، އެއިޑްސް ދުވަހުގެ ހަރަކާތްތައް ކުލަގަދަގޮތެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ރާއްޖޭގައި މިބަލި މަދުން ނަމަވެސް އޮތުމާއި، ބަލި ފެތުރުމުގެ ނުރައްކާ ރާއްޖެއަށްވެސް އޮތުމާއެކު އެކަމަށް ހޭލުންތެރިކުރުމަށްކަމަށެވެ. މީގެ އެންމެ މުހިންމުކަމަކީ، ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުނަ ނުދީ އާއްމުން އެކަމަށް ހޭލުންތެރިކުރުންކަމަށް ހަމީދު ވިދާޅުވިއެވެ.
އެއިޑްސް އަކީ ބަލި މުޅިން ފަސޭހަވުމަށް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް ބަލި ކޮންޓްރޯލްކޮށް، ފެތުރުން ކުޑަކުރުމަށް ތަފާތު ފަރުވާ އަންނަނީ ދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ ސްވައިޕް އައްޑޫ ސިޓީގައި ތައާރަފްކޮށްފި
6 މިނިޓު ކުރިން

އައިފޯން ގިވްއަވޭ ޕްރޮމޯޝަންގައި ގޫގުލް ފޯމް ފުރާކަށް ނުޖެހޭނެ: އެލައިޑް އިންޝިއުރަންސް
2 ގަޑިއިރު ކުރިން

ޣާލިބަށް ތާއީދުކުރާ ކަމަށް ބުނާ ވާހަކަ ރައީސް ދޮގުކުރައްވައިފި
4 ގަޑިއިރު ކުރިން
އެއަރޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)