logo

ބަލްގޭރިއާގެ ގަލިވް އެއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 13 ސެޕްޓެމްބަރު 2026 - 13:34

ބަލްގޭރިއާގެ ގަލިވް އެއާއިން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ އެއާލައިނުން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެ އެއާލައިނުން މަޢުލޫމާތު ދޭ ގޮތުގައި މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ. އަދި ވިލާތުގެ ފިނިމޫސުމާ ދިމާކޮށް ޝެޑިއުލްކޮށްގެން ކުރިއަށްގެންދާ މި ދަތުރުތައް، އަންނަ އަހަރުގެ މާޗު މަހުގެ 26 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ.

ހަފުތާ ބަންދާ ދިމާކޮށް ކުރިއަށްގެންދާ މި ދަތުރުތަކުގެ ތެރެއިން، ބަލްގޭރިއާގެ ވެރިރަށް ސޯފިއާއިން މާލެއަށް ކޮންމެ ހުކުރު ދުވަހަކު ދަތުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މާލެއިން ސޯފިއާއަށް ދަތުރުތައް އޮންނާނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ. އެ އެއަރލައިނުން ބުނި ގޮތުގައި މި ޝެޑިއުލް އެކުލަވާލާފައިވަނީ ޗުއްޓީ ހޭދަކުރުމަށާއި ރަސްމީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތަކަށެވެ.

މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވައިޑް ބޮޑީ، އެއަރބަސް އޭ330 200 މަރުކާގެ ބޯޓެކެވެ.

މީގެ އިތުރުން، ދަތުރުގެ ތެރޭގައި ކޮންމެ ފަސިންޖަރަކަށް ވެސް ދެ އިރުގެ ކެއުމާއި ބުއިންތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގަލިވް އެއާއަކީ ބަލްގޭރިއާގެ ވެރިރަށް ސޯފިއާގައި ރަޖިސްޓްރީކޮށްގެން ހިދުމަތް ދެމުން އަންނަ އެއާލައިނެކެވެ.

https://wamco.com.mv/
tel:+9607331319