
ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގެންފި

މުޙައްމަދު ފަޟްލޫން - 13 ސެޕްޓެމްބަރު 2026 - 12:39
ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ ސީއީއޯސުލްތާން ބިން އަބްދުއްރަޙްމާން އަލް މުރްޝިދު ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން މަޢުލޫމާތު ދިން ގޮތުގައި، މިއީ ތިން ދުވަހުގެ މުއްދަތަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ދިވެހި ސަރުކާރުގެ އިސްވެރިންނާ އެކު މުހިއްމު ރަސްމީ ބައްދަލުވުންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އަލް މުރްޝިދަކީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ ބޭފުޅެކެވެ.
ސަޢޫދީ ފަންޑު މެދުވެރިކޮށް ރާއްޖޭގެ ތަރައްގީ އަށް ވެދެއްވާފައިވާ އަގުހުރި ހިދުމަތްތަކާއި އެހީތެރިކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، ދިވެހި ސަރުކާރުން ވަނީ މިދިޔަ އަހަރު އެމަނިކުފާނަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އަރުވާފައެވެ.
ސައޫދީ ފަންޑަކީ ރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރަމުންދާ އިތުބާރުހުރި ބައިވެރިއެކެވެ.
މިގޮތުން، އެ ފަންޑުގެ ދީލަތި އެހީއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ތަރައްޤީގެ 40 އަށް ވުރެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޗިލީގެ ދޮށީއުމުރުގެ މީހުން ބަލަހައްޓާ މަރުކަޒެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މީހުން މަރުވެއްޖެ
2 ގަޑިއިރު ކުރިން

ބަލްގޭރިއާގެ ގަލިވް އެއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ
2 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
3 ގަޑިއިރު ކުރިން

ކޮމަންވެލްތު ޕާލިމެންޓްރީ ކޮންފަރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރައިފި
3 ގަޑިއިރު ކުރިން


