
ދިވެހިރާއްޖޭގައި ގާއިމްކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި

މުޙައްމަދު ފަޟްލޫން - 13 ސެޕްޓެމްބަރު 2026 - 12:38
ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ކަމަށްވާ ޖާމިއުއްސުލްތާން މުހައްމަދު ބުން އަބްދުﷲ ގެ ބިންގާ މިއަދު އަޅައިފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ތާރީހީ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި، ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްގަހްތާނީގެ އިތުރުން މި މަޝްރޫޢު ކުރިއަށްގެންދާ ސަޢޫދީގެ މަޝްހޫރު އަލްރާޖިހީ ކުންފުނީގެ ސީއީއޯ ބަންދަރު ޢަބްދުﷲ އަލްރާޖިހީ ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީހީ މުނާސަބަތާ ގުޅުވައިގެން ބިންގާ އެޅުނު މި މިސްކިތަކީ، ރާއްޖޭގެ އިސްލާމީ ޙަޟާރަތާއި، މުއްސަނދި ތާރީހާއި، އިސްލާމީ ފަރުމާވެރިކަން އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ފަންނީ ބިނާއެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި ބިނާއަކީ ދިވެހިންގެ އީމާންތެރިކަމާއި، އިސްލާމީ ޢިލްމާއި، ގައުމީ އެއްބައިވަންތަކަން އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭނެ އަގުހުރި ގައުމީ އަދި ދީނީ ތަރިކައަކަށް ވެގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޗިލީގެ ދޮށީއުމުރުގެ މީހުން ބަލަހައްޓާ މަރުކަޒެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މީހުން މަރުވެއްޖެ
2 ގަޑިއިރު ކުރިން

ބަލްގޭރިއާގެ ގަލިވް އެއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ
2 ގަޑިއިރު ކުރިން

ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގެންފި
3 ގަޑިއިރު ކުރިން

ކޮމަންވެލްތު ޕާލިމެންޓްރީ ކޮންފަރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރައިފި
3 ގަޑިއިރު ކުރިން


