logo

ޗިލީގެ ދޮށީއުމުރުގެ މީހުން ބަލަހައްޓާ މަރުކަޒެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މީހުން މަރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 13 ސެޕްޓެމްބަރު 2026 - 13:54

ޗިލީގައި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ދޮށީއުމުރުގެ މީހުން ބަލަހައްޓާ މަރުކަޒެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި، އެ ތަނުގައި ތިބި 16 މީހަކު މަރުވެ، އިތުރު ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

https://wamco.com.mv/

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ، ޗިލީގެ ވެރިރަށް ސެންޓިއާގޯގެ ދެކުނުން ގާތްގަނޑަކަށް 640 ކިލޯމީޓަރު (400 މޭލު) ދުރުގައި އޮންނަ އަރައުކޭނިއާ ސަރަޙައްދުގައި ހުންނަ އެއްބުރީގެ އިމާރާތެއްގައެވެ. ކަމާބެހޭ ފަރާތްތަކަށް އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

އަލިފާން ރޯވި ވަގުތު އެ މަރުކަޒުގައި އުމުރުން ދުވަސްވީ 26 މީހުން ތިއްބެވެ. އޭގެ ތެރެއިން 10 މީހަކު ވަނީ ސަލާމަތްތެރިކަމާއެކު ނެރެ، ކައިރީގައިވާ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުލުހުން މިހާރު ވަނީ އެ ސަރަޙައްދު ބަންދުކޮށްފައެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319