
ކޮމަންވެލްތު ޕާލިމެންޓްރީ ކޮންފަރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރައިފި

މުޙައްމަދު ފަޟްލޫން - 13 ސެޕްޓެމްބަރު 2026 - 12:37
69 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މަތީ ފަންތީގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރާވަޑައިގެންފިއެވެ.
ސައުތު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހާއި ސީޕީއޭ ސައުތު އެފްރިކާ ބްރާންޗު ގުޅިގެން އިންތިޒާމުކުރާ މި އަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ މިއަދުން ފެށިގެން މި ހިނގާ އޮކްޓޯބަރު މަހުގެ 19 ގެ ނިޔަލަށް، ސައުތު އެފްރިކާގެ ކޭޕް ޓައުންގައެވެ.
މި ކޮންފަރެންސަކީ ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ މެދުގައި ބަރުލަމާނީ ޑިމޮކްރަސީ ފުޅާކޮށް، ދައުލަތް ހިންގުމުގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ ގާނޫނުތަކާއި، ގުޅުންހުރި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން، ކޮމަންވެލްތު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނާއި އިސް ވެރިން މި ކޮންފަރެންސްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި
ހުރާ ދާއިރާގެ މެންބަރު، ޑރ. އަނާރާ ނަޢީމް
ދިއްގަރު ދާއިރާގެ މެންބަރު އަދި ސީޕީއޭ އޭޝިއާ ރީޖަނަލް ރެޕްރެޒެންޓެޓިވް، އަހްމަދު ނާޒިމް
ހިތަދޫ މެދު ދާއިރާގެ މެންބަރު، އަޙްމަދު އަޒާން މަރުޒޫގް
ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހީމް
ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާއްމު، އަލްއުސްތާޛާ ފާތިމަތު ނިޔުޝާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ، ޢާއިޝަތު އީމާން ހިމެނެއެވެ.
މި ދަތުރުފުޅުގެ ސަބަބުން ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަނާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެ، ބައިނަލްއަގްވާމީ މައިދާނުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ
ގުޅުން ހުރި ޙަބަރުތައް

ޗިލީގެ ދޮށީއުމުރުގެ މީހުން ބަލަހައްޓާ މަރުކަޒެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މީހުން މަރުވެއްޖެ
2 ގަޑިއިރު ކުރިން

ބަލްގޭރިއާގެ ގަލިވް އެއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ
2 ގަޑިއިރު ކުރިން

ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގެންފި
3 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
3 ގަޑިއިރު ކުރިން


