logo

ސިނަމާލެ ބްރިޖަށް ގެއްލުން ލިބުނު މައްސަަލަ ތަހުގީގްކޮށް ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި

profile

މުޙައްމަދު ފަޟްލޫން - 13 ސެޕްޓެމްބަރު 2026 - 18:09

މާލެ ދެކުނު ފަރާތުން އޮޔާދިޔަ 2 ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބަކާއި މާލޭގެ އިރުމަތިފަރާތު ފަރަށް އަރައިގެން ގެއްލުން ލިބުނު މައްސަަލަ ތަހުގީގްކޮށް ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

https://wamco.com.mv/

މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ ދެ އުޅަނދުކަމަށްވާ އެމްޓީ ކޭޖީ 1 (ތެޔޮ އުފުލާ ބާޖު) އަދި އޭއެލް 1 (ޓަގުބޯޓް) އަކީ 26 އޭޕްރިލްގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގާނޫނާއި ހިލާފަށް ވަނުމާއި ގުޅިގެން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ އުޅަނދު ކަމަށެވެ.

މިދެ އުޅަނދު މާލޭގެ ބަނދަރުގައި އޮތް އިރު އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައިނުވާތީ 10 ސެޕްޓެމްބަރު 2026 ގައި ލަނގަރު ކަނޑައިގެން ގޮސް މާލޭގެ އިރުމަތީ ފަރާތު ފަރަށާއި ސިނަމާލެ ބްރިޖްގެ ތަނބަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބްރިޖަށާއި މާލޭގެ އިރުމަތި ފަރަށް އެރި ދެ ތެޔޮބޯޓާއި ބެހޭގޮތުން މީސްމީޑިއާގައި ފެތުރެމުންދާ މައުލޫމާތަށް ބަލާއިރު އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކުން ގާނޫނީ ގޮތުން ޒިންމާވާންޖެހޭ އެތައްކަމެއް ހިމެނި އެކަމުގެ ޒިންމާ އަދާކުރެވިފައިނުވާތީ ހިނގާފައިވާ ކަމެއްކަމަށް ރިޕޯޓްކޮށްފައިވާތީ މާލެ ސިޓީ ކައުންސިލުން ވަނީ އެކަމުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ ބްރިޖްގެ ތަނބުގައި ޖެހުމާއި މާލެ އިރުމަތިފަރާތު ފަރަށް ތެޔޮބޯޓް އެރި މައްސަލައިގައި މާލެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން މުއައްސަސާތަކުގެ އިހުމާލު ތަހުގީގުކޮށް، ތިމާވެއްޓާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައި ސިނަމާލެ ބްރިޖްގެ ސްޓްރަކްޗަރަލް އެސިސްމެންޓް ހެދުމަށް ކަމާއި ބެހޭ ފަރާތްތަކަށް ބަޔާނުގައި ގޮވާލާފައެވެ.

https://wamco.com.mv/
tel:+9607331319