
null
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ

ހުސައިން އަހުމަދު - 09 ޑިސެމްބަރު 2022 - 09:32
ނައިބު ރައީސް ފައިސަލް ނަސީމް އަންނަ ހަފްތާގައި އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫސިޓީއަށާއި ފުވައްމުލަކުސިޓީ އަށް ކުރައްވާ ދަތުރުފުޅެއްގައި އަންނަ ބުރާސްފަތި ދުވަހު ފުރާވަޑައިގަންނަވާނެ ކަމަށެވެ.
މިދަތުރުފުޅުގައި އެދެ ސިޓީގެ ތައުލީމީ، ސިއްހީ އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާގޮތް ނައިބު ރައީސް ބައްލަވާލައްވާނެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ބައެއް މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވަންވެސް ވަނީ ނިންމަވާފައެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އަންނަވަނީ ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރައްވާ މަޝްރޫއުތައް ކުރިއަށްދާގޮތް ބައްލަވާ ލައްވަމުނެވެ.
ގުޅުން ހުރި ޙަބަރުތައް

އިސްލާމްކަންމަތީ 9 ގަރުނު ހޭދަވެގެންދިއުމަކީ އެހެން ގައުމަކަށް ނުލިބޭފަދަ ފަހުރެއް: ސާޖިދާ
ގަޑިއިރެއް ކުރިން
.jpeg&w=3840&q=75)
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެ
3 ގަޑިއިރު ކުރިން

އައްޑޫ ލިންކް ރޯޑު ހާލަތު ގޯސް: ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފި
3 ގަޑިއިރު ކުރިން

ވައި ބާރުވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ބ.އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު!
6 ގަޑިއިރު ކުރިން


