
ވައި ބާރުވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ބ.އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު!

އާމިނަތު ޝަޒްލާ - 13 ސެޕްޓެމްބަރު 2026 - 06:00
ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. މި އެލާޓްގެ މުއްދަތަކީ މިއަދު ހެނދުނު 08:00 އިން މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި، މި މުއްދަތުގައި އެ ސަރަޙައްދަށް އާންމުކޮށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ބެލެވެއެވެ.
މީގެއިތުރުން، ވައި އެނބުރޭނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށާއި، ކަނޑުގެ ރާޅުތަކުގެ އުސްމިން ގާތްގަނޑަކަށް 4 ފޫޓާއި 7 ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއެވެ. އެހެންކަމުން، މި ސަރަޙައްދުގައި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެ
13 މިނިޓު ކުރިން

އައްޑޫ ލިންކް ރޯޑު ހާލަތު ގޯސް: ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފި
14 މިނިޓު ކުރިން
.webp&w=3840&q=75)
ދިވެހީންގެ ކާމިޔާބީގެ އަސްލަކީ އިސްލާމްދީން: ރައީސް
19 ގަޑިއިރު ކުރިން

"ރައްޔިތުންގެ އަޑު" ސިލްސިލާގައި އިތުރު 8 ދާއިރާއަކުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
19 ގަޑިއިރު ކުރިން


