.webp&w=3840&q=75)
ދިވެހީންގެ ކާމިޔާބީގެ އަސްލަކީ އިސްލާމްދީން: ރައީސް

އާމިނަތު ޝަޒްލާ - 12 ސެޕްޓެމްބަރު 2026 - 14:01
ހިޖުރީގޮތުން މި ވޭތުވެދިޔަ 9 ޤަރުނު ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި ކޮންމެ ތަމައްދުނަކާއި އަދި ކޮންމެ ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، މި މަތިވެރި ދީނަކީ މި ޤައުމުގެ އިއްޔެއާއި މިއަދާއި މާދަމާގެވެސް ސަލާމަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު 'އެކްސް'ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ފުރިފައިވާތީ މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވާ ކަމަށެވެ. އަދި ވޭތުވެދިޔަ ދިގު މާޒީގައި، ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން ވޭތުކުރީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ޕޯސްޓުގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، ދިވެހީން އަބަދުވެސް ދެމިތިބީ ދިވެހިންގެ އުޅުމާއި އާދަތަކާއި އެންމެހައި މުޢާމަލާތުތަކުގައިވެސް އިސްލާމީ ޘަޤާފަތާއި އުސޫލުތަކުގައި ހިފަހައްޓައިގެންނެވެ. އަދި އިސްލާމްދީނާއި މި ޤައުމުގެ މިނިވަންކަމާ ދެކޮޅަށް ނުކުތް ކޮންމެ ދުޝްމަނަކާ ދެކޮޅަށް ﷲގެ މަގުގައި ޖިހާދުކޮށް، ދީނާއި ޤައުމުގެ ދިފާޢުގައި ދިވެހީން ސާބިތުވެ ތިބިކަން ރައީސް ހަނދާން އާކުރެއްވިއެވެ.
މާތްﷲ ގެ ރަޙްމަތާއި ބަރަކާތުން ފުރިގެންވާ މި އުފާވެރި މުނާސަބާގެ ހެޔޮ ދުޢާތަކާއި މުބާރަކްބާދު އެންމެހައި ލޮބުވެތި ދިވެހި އުޚުއްވަތްތެރި ރައްޔިތުންނަށް އަރިސްކުރައްވަމުން ރައީސް ވަނީ، މުސްލިމުންގެ ގޮތުގައި ދިވެހީން އަބަދަށް ލަހައްޓަވައި، އިސްލާމްދީނުގެ ސަބަބުން މި ވަޠަނަށް އަބަދުމެ ރައްކާތެރިކަމާއި މަތިވެރިކަން އިތުރުކޮށްދެއްވުން އެދިވަޑައިގެން ހެޔޮ ދުޢާ ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

"ރައްޔިތުންގެ އަޑު" ސިލްސިލާގައި އިތުރު 8 ދާއިރާއަކުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
27 މިނިޓު ކުރިން

ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން ހަވާލުކޮށްފި
27 މިނިޓު ކުރިން

އީ-ކޮމާސް ޕްލެޓްފޯމްތަކަށް ބީއެމްއެލް އިން މަހަކު 16 މިލިއަން ޑޮލަރު ކަނޑައަޅައިފި
27 މިނިޓު ކުރިން

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ރަސްމީ ދަތުރުފުޅެއް ރާއްޖެއަށް!
ގަޑިއިރެއް ކުރިން


