logo

ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން ހަވާލުކޮށްފި

profile

އާމިނަތު ޝަޒްލާ - 12 ސެޕްޓެމްބަރު 2026 - 14:00

ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އެޅުމަށްޓަކައި، އެ މަޝްރޫޢުގެ ބިން ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އަލްރާޖިޙީ ކުންފުންޏާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

https://wamco.com.mv/

ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައި ބިނާކުރާ މި މިސްކިތަށް ނަންދެވިފައިވަނީ "ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މަސްޖިދު އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު" ގެ ނަމުންނެވެ. މި ބިން ހަވާލުކުރުމާއި، މަޝްރޫޢުގެ ފައިނޭންސިންގއާ ގުޅޭ ފަހުމުނާމާގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އަލްރާޖިޙީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބަންދަރު ޢަބްދުﷲ އަލްރާޖިޙީއެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން، މި ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ.

އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭ ޖާގައަކާއެކު ތަރައްޤީކުރާ މި ބިޔަ ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ޤުރްއާން މިއުޒިއަމަކާއި، ވަޤުފް ޢިމާރާތްތަކާއި، ވިޔަފާރި މަރުކަޒެއްގެ އިތުރުން ތަނަވަސް ޕާކިންގ ޒޯނަކާއި އެހެނިހެން ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
tel:+9607331319