logo

"ރައްޔިތުންގެ އަޑު" ސިލްސިލާގައި އިތުރު 8 ދާއިރާއަކުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

profile

އާމިނަތު ޝަޒްލާ - 12 ސެޕްޓެމްބަރު 2026 - 14:01

ވަކިވަކި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެވޭ ގޮތަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ތެރެއިން އިތުރު 8 ދާއިރާއަކުން ބައިވެރިވުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވަން ބޭނުންވާ ރައްޔިތުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ފަހިކޮށްދެއްވުމުގެ މަޤްޞަދުގައި ކުރިއަށްގެންދަވާ މި ސިލްސިލާގެ ބައްދަލުވުންތަކަށް މިފަހަރު ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން ވަކި 8 ދާއިރާއަކަށެވެ. އެގޮތުން މިފަހަރު ފުރުޞަތު ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި ބާރަށު ދާއިރާ، ކާށިދޫ ދާއިރާ، މަތިވެރި ދާއިރާ، ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ، އަދި ގަލޮޅު އުތުރު ދާއިރާ ހިމެނެއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ އެ ދާއިރާތަކުގެ ރައްޔިތުންނަށް އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް (rayyithungeadu.presidency.gov.mv) މެދުވެރިކޮށް ނަން ނޯޓުކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި މި ބައްދަލުވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 21 ވާ ހޯމަ ދުވަހުގެ ރޭ 12:00 އެވެ.

"ރައްޔިތުންގެ އަޑު" ބައްދަލުވުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައްޔާއި ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ސީދާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ފަށްޓަވާފައިވާ މުހިންމު ސިލްސިލާއެކެވެ.

މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުޞޫލާއި އިތުރު މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށް އެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.

https://wamco.com.mv/
tel:+9607331319