.jpeg&w=3840&q=75)
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެ

އާމިނަތު ޝަޒްލާ - 13 ސެޕްޓެމްބަރު 2026 - 08:43
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ރައީސް ނަޝީދު މި މުނާސަބަތާ ގުޅިގެން މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްދީނުގެ ހިދާޔަތަށް އެނބުރެމުން އައީ މަޑުމަޑުން، މަރުޙަލާތަކަކަށް ބެހިގެން ކަމަށެވެ. އަދި ޤައުމީ ފެންވަރުގައި މި ފާހަގަކުރެވޭ މުހިންމު ދުވަހަކީ ރާއްޖޭގެ އޭރުގެ ތަޚުތުގައި އިންނެވި ރަދުން އިސްލާމްދީން ޤަބޫލުފުޅުކުރައްވައި، ދީނަށް އެނބުރިވަޑައިގަތް ތާރީޚީ މުނާސަބަތު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ މުޅި ޤައުމު އެއްކޮށް މާތްވެގެންވާ އިސްލާމްދީނުގެ ނޫރުން އަލިވެގެން ދިޔުމެވެ. މި ތާރީޚީ ހާދިސާ ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައެވެ.
ރައީސް ނަޝީދުގެ މެސެޖު ނިންމަވާލައްވަމުން ވަނީ ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް މި ބަރަކާތްތެރި ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ ފޮނުއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫ ލިންކް ރޯޑު ހާލަތު ގޯސް: ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފި
13 މިނިޓު ކުރިން

ވައި ބާރުވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ބ.އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު!
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
ދިވެހީންގެ ކާމިޔާބީގެ އަސްލަކީ އިސްލާމްދީން: ރައީސް
19 ގަޑިއިރު ކުރިން

"ރައްޔިތުންގެ އަޑު" ސިލްސިލާގައި އިތުރު 8 ދާއިރާއަކުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
19 ގަޑިއިރު ކުރިން


