logo

އިސްލާމްކަންމަތީ 9 ގަރުނު ހޭދަވެގެންދިއުމަކީ އެހެން ގައުމަކަށް ނުލިބޭފަދަ ފަހުރެއް: ސާޖިދާ

profile

މުޙައްމަދު ފަޟްލޫން - 13 ސެޕްޓެމްބަރު 2026 - 10:35

ދިވެހިރާއްޖެއާއި ދިވެހި އުންމަތް އިސްލާމީ ތެދުމަގުގައި 9 ގަރުނު ފުރިހަމަކުރުމަކީ، މުޅި ދުނިޔެއަށް ބަލާއިރުވެސް އެހެން އެއްވެސް ގައުމަކަށް ލިބިފައިނުވާ ފަދަ މަތިވެރި ފަހުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހީންނަށް އިސްލާމީ ހިދާޔަތު މިންވަރުކުރައްވައި، އެ މާތް ދީނުގެ މަތީގައި ސާބިތުވެ ތިބުމުގެ ނިޢުމަތް ދެއްވި ކަމަށްޓަކައި މާތް ﷲގެ ހަޟްރަތަށް ހަމްދާއި ޝުކުރު ދަންނަވާފައިވެއެވެ. އަދި ދިވެހި ޤައުމާއި ރައްޔިތުން އަބަދުމެ އިސްލާމީ ހިދާޔަތުގެ އަލިގަދަ ނޫރުގައި ލަހައްޓެވުން އެދިވަޑައިގެން އެކަމަނާ ވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިސްލާމީ ހިދާޔަތަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ހާސިލުކުރުމަށްޓަކައި މާތް ﷲ ދިވެހީންނަށް ދެއްވި އެންމެ އަގުބޮޑު ނިޢުމަތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ލިބުމުގެ ކުރިން ދިވެހި މުޖުތަމަޢުގައި އަށަގެންފައިވި ޝިރުކުގެ އަނދިރިކަމާއި އިޖުތިމާޢީ ބޭއިންސާފު ފޮހެލައި، އެންމެހައި އިންސާނުންނަކީ މާތް ﷲގެ ޙަޟްރަތުގައި ހަމަހަމަ ބައެއްކަން ކަށަވަރުކޮށްދިނީ މި މަތިވެރި ދީނެވެ.

މީގެއިތުރުން، އިންސާނީ ފުރާނައިގެ ޙުރުމަތްތެރިކަން ގާއިމުވެ، އަބުރާއި މުދަލުގެ ފުރިހަމަ ރައްކާތެރިކަން ދިވެހީންނަށް ލިބިގެންދިޔައީ އިސްލާމްދީނުގެ ސަބަބުން ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ކުލަގަދަކޮށް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ރަބީއުލްއާހިރު މަހުގެ 2 ވަނަ ދުވަހެވެ.

https://wamco.com.mv/
tel:+9607331319