
null
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ

ހުސައިން އަހުމަދު - 09 ޑިސެމްބަރު 2022 - 09:39
ޓައިމް މަޖައްލާގެ 2022 ވަނަ އަހަރުގެ ޕަރސަން އޮފް ދަ އިޔާގެ މަގާމަށް ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާއި "ޔޫކްރެއިންގެ ރޫހު" ހޮވިއްޖެއެވެ.
އެމެރިކާގެ މަޖައްލާގެ އެޑިޓަރުން ކޮންމެ އަހަރަކު ދޭ މި އެވޯޑަކީ ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ނުފޫޒެއް އޮތް ކަމަށް ބެލެވޭ މީހާއަށް ދޭ އެވޯޑެކެވެ.
އެ މަޖައްލާއިން މީގެ ކުރިން ބުނެފައި ވަނީ އެ މީހުންގެ ޕާސަން އޮފް ދަ އިޔާއަށް ހޮވާ މީހާ އަކީ "ޚަބަރަށް ނުވަތަ އަހަރެމެންގެ ދިރިއުޅުމަށް އެންމެ ބޮޑަށް އަސަރުކުރި، ރަނގަޅު، ނުވަތަ ގޯސް" މީހާއަށް ދޭ މަގާމެއް ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވްލަޑިމިއާ ޕޫޓިންގެ ސިފައިން ޔޫކްރެއިންއަށް އަރައިގަތުމާ ގުޅިގެން ރަޝިއާއާ އެކު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ޒެލެންސްކީ ވަނީ އޭނާގެ ގައުމު ދިފާއު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ.
ހަމަލާ ދޭން ފެށުނު ދުވަސްތަކުގައި އުމުރުން 44 އަހަރުގެ އޭނާ އާއި އޭނާގެ އާއިލާ ރައްކާތެރި ތަނަކަށް ގެންދިއުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އިލްތިމާސް ކުރި ނަމަވެސް ޒެލެންސްކީ ހުންނެވީ އޭނާގެ ދިފާއީ ބާރުތަކާ އެކު ކީވްގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އިޓަލީ ޑައިވަރުން ހޯދަނިކޮށް ހާލު ދެރަވި ސިފައިންގެ މީހާ ނިޔާވެއްޖެ
10 ގަޑިއިރު ކުރިން

އައ.ިއ.ޯޓ.ީސީ ގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި
10 ގަޑިއިރު ކުރިން

އަމާޒަކީ ނޫސްވެރިކަމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ރައްޔިތުންނާ އެކު މަސައްކަތް ކުރުން: ރައީސް ނަޝީދު
10 ގަޑިއިރު ކުރިން

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް
13 ގަޑިއިރު ކުރިން


.gif&w=3840&q=75)