logo

މާފުށި ސުކޫލަށް ޗައިނާގެ އެހީ!

profile

އަހުމަދު ޒަލީފު - 07 ފެބްރުއަރީ 2024 - 18:50

ޗައިނާއިން މާފުށި ސުކޫލަށް އެހީވުން

ޗައިނާއިން މާފުށި ސުކޫލަށް އެހީވުން

ޗައިނާ އެމްބަސީގެ ފަރާތުން ކ. މާފުށީ ސްކޫލަށް ކިޔަވައިދިނުމާ ގުޅޭ ބައެއް ސާމާނާއި ކުޅިވަރާބެހޭ ބައެއް ސަމާނާއި އަދި ކޮމްޕިއުޓަރު ސާމާނުތަކެއް ހަދިޔާކޮށްފި އެވެ.

https://wamco.com.mv/

ިއިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާ އެމްބަސީގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވެންގް ލިޒިން އެވެ. މި ތަކެއްޗާއި ހަވާލުވީ މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހު އެވެ.

ޗައިނާއިން މާފުށީ ސްކޫލަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ސްކޫލަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްގެ އިތުރުން ބާސްކެޓް ބޯޅަ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ބައެއް ސާމާނާއި، އައުޓްޑޯ ފިޓްނެސްއަށް ބޭނުންވާ ބައެއް ތަކެތި ހިމެނެ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ޗައިނާ ސަރުކާރުން މާފުށީ ސްކޫލަށް ހަދިޔާކުރި ކިޔަވައިދިނުމާއި އުނގެނުމަށް ބޭނުންވާ ތަކެތީގެ ސަބަބުން މާފުށީ ސްކޫލްގެ ކިޔަވައިދިނުމާއި އަދި ދަރިވަރުންގެ އުނގެނުމަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ހިމެނޭ ކުޅިވަރާ ގުޅޭ ސާމާނުގެ ސަބަބުން ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލެއް އައުމަށް މަގުފަހި ވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ތަޢުލީމީ ދާއިރާއަށް މިގޮތަށް ކުރެވޭ ހޭދައަކީ ހަމައެކަނި މާފުށީ ސްކޫލްގެ އިތުރުން އޭގެ ފައިދާ ދިގު މުއްދަތެއްގައި މުޅި ރަށަށްވެސް ލިބިގެންދާނެ ކަމެއް ކަމަށްވެސް ސާޖިދާ ވިދާޅުވި އެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay