logo
އެމްއޭސީއެލް އިން ކުރިއަށްގެންދިޔަ ކެންސަރ ސްކްރީނިނގް ސެޝަން ނިންމުމުގެ ތެރެއިން

އެމްއޭސީއެލް އިން ކުރިއަށްގެންދިޔަ ކެންސަރ ސްކްރީނިނގް ސެޝަން ނިންމުމުގެ ތެރެއިން

އެމްއޭސީއެލްއިން ކެންސަރަށް ސްކްރީން ކުރުމުގެ ސެޝަން އެއް ބާއްވައިފި

profile

ޔޫޝައު ހަސަން - 17 ފެބްރުއަރީ 2023 - 16:12

ކެންސަރު ބައްޔަށް ހޭލުންތެރިކޮށް ބައްޔާމެދު އަހުލުވެރި ކުރު،ަށާއި، ބަލި ސްކްރީންކުރުމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ން ސެޝަނެއް ކުރިއަސް ގެންގޮއްސިއެވެ.

https://wamco.com.mv/

ކުންފުނީގައި މަސައްކަތް ކުރަމުންގެންދާ މުވައްޒަފުންނަށް ހާއްސަކުރެވިގެން ކުރިއަށް ގެންދިޔަ އެ ސެޝަނުގެ ތެރެއިން ކެންސަރު ބައްޔަށް ހޭލުންތެރިކުރުވުމަށް ކަމާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކެންސަރަށް ސްކްރީންކުރުން ކުރިއަށް ގެންދެވުނު ކަމުގައި އެމްއޭސީއެލުން ބުނެއެވެ.

މި ސެޝަންއަކީ ސޮސައިޓީ އޮފް ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން އެމްއޭސީއެލް އިން ކުރިއަށް ގެންދިޔަ ސެޝަން އެއްކަމަށްވެސް އެ ފަރާތުން ހާމަކުރެއެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން މަރުވަނީ ކެންސަރު ބަލީގައެވެ. އެހެންނަމަވެސް، ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކެންސަރަށް ސްކްރީން ކުރުމުން ބަލީގެ ކުރީކޮޅުގައި ފަރުވާ ފެށި އަދި ބަލިން ފަސޭހަވުމުގެ ފުރުސަތު ބޮޑުވެއެވެ.

މި ފަހަކަށް އައިސް ރާއްޖޭގައިވެސް ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު ބައްޔަށް ހޭލުންތެރި ކުރުމުގެ ގޮތުން ގިނަ ހަރަކާތަކެއް ކަމާބެހޭ ފަރާތްތަކުން ހިންގަމުން އަންނަ ކަންވެސް ފާހަގަ ކޮށްލެވެއެވެ.

https://wamco.com.mv/
https://www.aslu.com.mv