logo

އާމްދަނީ ގެ ގޮތުގައި ދައުލަތަށް 20 ބިލިޔަން ރުފިޔާ ލިބިއްޖެ

profile

މުޙައްމަދު ފަޟްލޫން - 16 ޖުލައި 2025 - 12:37

އާމްދަނީ ގެ ގޮތުގައި ދައުލަތަށް 20 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ.

https://wamco.com.mv/

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހާތަނަށް ދައުލަތަށް އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި 20.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއީ މިދިޔަ އަހަރު އެ މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރުވުމެކެވެ.

ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، 10 ޖުލައިގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 20.1 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 15.4 ބިލިޔަން ރުފިޔާއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 76.3 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 96.5 އިންސައްތަވަނީ އިތުރުވެފައެވެ. ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ. އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 928 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 54.4 އިންސައްތަ އިތުރު އަދަދެކެވެ.

ފާއިތުވެދިޔަ ދެތިން މަސްދުވަހުގެ ތެރޭގައި ދައުލަތަށް ލިބޭ އާމްދަނީ ބޮޑުތަނުން ވަނީ އިތުރުވެފައެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ އާއި އެއަރޕޯޓް ޑިވޮލަޕްމަންޓްގެ ފީ ބޮޑުކުރުމެވެ. ޓީ ޖީއެސްޓީ ނަގާ މިންވަރު ވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅު ބޮޑުކޮށްފައެވެ. ކުރިން ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އައި 8 ޕަސެންޓް މިހާރު ވަނީ 16 ޕަސެންޓަށް ބޮޑުކޮށްފައެވެ. އެެހެންކަމުން ޓީޖީއެސްޓީގެ ގޮތުގައި ރިސޯޓްތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު އަދަދެއް މީރާ މެދުވެރިކޮށް ކޮންމެ މަހަކު ދައުލަތަށް ލިބެއެވެ.

މީގެ އިތުރުން އެއަރޕޯޓް ޑިވޮލެޕްމެންޓް ފީގެ ގޮތުގައި ރާއްޖެއިން ފުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން އިކޮނޮމީ ކްލާހުގައި 65 ޑޮލަރުވެސް ދަނީ ނަގަމުންނެވެ. މިއީވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިދާއެވެ. އެހެންކަމުން ޓީޖީއެސްޓީ އާއި ޖީއެސްޓީ އަދި އެއަރޕޯޓް ޑިވޮލެޕްމެންޓް ފީ އާއި ގްރީން ޓެކްސް އިން ބޮޑު އާމްދަނީ އެއް ކޮންމެ މަހަކުވެސް ދައުލަތަށް ދަނީ ލިބެމުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay