
"ލޯބިން"ގެ ފުރަތަމަ ލަވަ ބެލުންތެރިންނަށް ދޫކޮށްލައިފި

އައިޝަތު އިބްރާހިމް - 22 ޖޫން 2025 - 15:58
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަޤްބޫލުކަމެއް ހޯދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ "އައިފިލްމްސް"ގެ ދަށުން ނެރޭ ފުރަތަމަ ލޯބީގެ ފިލްމު "ލޯބިން."ގެ ފުރަތަމަ ލަވަ ރިލީޒްކޮށްފިއެވެ.
ތާތި އާދަމް (ތާތި) އަދި އަހުމަދު ޝާރިފެ(ޝަރިފް)ގެ ހިތްގައިމު އެކްޓިންގ ފެނިގެންދާ "ލޮލުގެ ޖަޒުބާތުން" ރިލީޒްކޮށްފައިވަނީ މިއަދުއެވެ.
"ލޮލުގެ ޖަޒުބާތުން ގަތުލު ނުކުރާށޭ" މިލަވަ ކިޔާފައިވަނީ ފިލްމްގެ ލީޑް އެއް އެކްޓަރ އަދި ތާތިގެ ފިރިމީހާ އިފްނާޒް ފިރާޤެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ ދިޓިއުންސް ބޭންޑްގެ ފުރުޤާން ފުޖީއެވެ. ލަވައިގަމޭކަޕްތައް ކޮށްފައިވާނީ މޭކަޕްގެ ދުނިޔޭގައި މިހާރު މަޝްހޫރުކަން ހޯދަމުން އަންނަ ރުޠްބާ އަޙްމަދެވެ. ލަވައިގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކޮށްފައިވަނީ ލައިޓްސް އައުޓްއިންނެވެ.
ލަވައިގެ އެންމެ މުހިންމު މަސައްކަތް އާދެ ލަވަ މިހާ ފުރިހަމަވުމުގެ ފަހަތުގައިވަނީ ފިލްމްގެ ޑައިރެކްޓަރ އަދި ލަވައިގެވެސް ޑައިރެކްޓަރ އިލްޔާސް ވަޙީދު (އިއްލެ) އެވެ.
ހަޤީޤަތުގައިވެސް ލަވަވެސް އެކްޓަރުންގެ އެކްޓިންގވެސް ހަމަ ލޮލުގެ ޖަޒްބާތުން ޤަޠުލުކުރާހާވެސް ފުރިހަމައެވެ. ނަލައެވެ. ވަރަށް ޗާލެވެ. ފުރަތަމަ ނަޒަރުންވެސް ބަލާލަން ކެތްމަދުވާހާވެއެވެ.
"ލޮލުގެ ޖަޒްބާތުން ޤަތުލު ނުކުރާށޭ" މިލަވައަކީ އަސްލު ލަވަކިޔާފައިވަނީ، ދި ކޮޕްސް ބޭންޑްގައި ހިމެނޭ ލަވަކިއުންތެރިޔާ މުޙައްމަދު ސުހެއިލްއެވެ.
ލަވަޔާ ބެހޭގޮތުން އަސްލު ޓީވީއަށް މަޢުލޫމާތު ދެއްވަމުން ފިލްމްގެ އަދި މި ހިތްގައިމު ލަވައިގެވެސް ޑައިރެކްޓަރ އިއްލެ ވިދާޅުވީ، ލަވަ ނަގާފައިވަނި އދ. ދަނގެތީގައި ހިތްގައިމު ހޮޓެލް ދި އަރިގްރޭންޑްގައިކަމަށެވެ.
އަންނަ އޯގަސްޓް މަހުގެ 6 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ތައްޔާރުވަމުން އަންނަ "ލޯބިން"ގެ މަސައްކަތް މިހާރު ނިމުމަށް ގާތް ވެފައެވެ. ފިލްމު ނެރޭ ތާރީޚް އާންމު ކުރުމަށް ޓަކައި ވަނީ ފިލްމުގެ ޓީޒަރެއް ވެސް އާންމުކޮށްފައެވެ. މި ޓީޒަރުގައި ފިލްމުގެ ބައެއް މައުލޫމާތުތަކާއި މަންޒަރުތައް ފެނުނެވެ. އޭގެތެރޭގައި އެކްޓަރުންގެ ހުނަރު ވެސް މި ފިލްމުން ފެނުނެވެ.
ފިލްމުގެ ޝޫޓިންގެ މިހާރު ވަނީ 95 އިންސައްތަ ވަނީ ނިމިފައެވެ. އަދި, ކުރިއަށް އޮތީ ޝޫޓިންގެ ވަރަށް ކުޑަ ބައެއް ކަމަށް ވެސް ވަނީ ޕްރޮޑަކްޝަނުން ހާމަކޮށްފައެވެ.
އިއްލެގެ އައު ޕްރޮޖެކްޓުގެ ޝޫޓިން މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އެއަށް ފަހު ފިލްމާ ގުޅޭ އައު މައުލޫމާތުތައް ދަނީ ސޯޝަލް މީޑިއާގެ މަންސަތަކުގައި ހިއްސާ ކުރަމުންނެވެ.
މި ފިލްމް އެކި ގޮތްގޮތުން ޚާއްޞައެވެ. އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ "ލޯބިން" އަށް ތައްޔާރުވުމުގެ ގޮތުން، ފިލްމުގެ ލީޑް ބަތަލާ ތާތީ އާދަމް އޭނާގެ ބަރުދަނުން 16 ކިލޯ ލުއިކޮށްލި ޚަބަރެވެ. މިއީ ހަމަ ޚާއްޞަ ވަރަށް ޚާއްޞަކަމެކެވެ. ތާތި ހަމަ "ލޯބިން" އެހާ ލޯބިން 16 ކިލޯ ހިއްކާލުންވީ ފިލްމް ބަލާލަން ކެތްމަދުވެފައިވާ ބެލުންތެރިންނަށް ފިލްމަށްކުރާ އިންތިޒާރަށް އިތުރުވެގެން ދިޔަ ކަމަކަށެވެ.
“ލޯބިން…؟” އަކީ އެންމެ އަނދިރި ޖާގަތަކުގައި ތަޖުރިބާކުރާ ލޯބީގެ ކަންތައްތަކެއް ފެނިގެންދާނެ ލޯބީގެ ދިލްކަޝް ޑްރާމާއެކެވެ.
މަޖުބުރީ ހާލަތްތަކެއްގެ ސަބަބުން ހަށިވިއްކުމަށް މަޖުބޫރުވެފައިވާ ޒުވާން އަންހެނެއްގެ އަގު ޙަޤީޤަތުގައި ވަޒަންކުރާ ފިރިހެނަކާ ބައްދަލުވުމުން ހީވެސް ނުކުރާ ލޯތްބެއް، އެ ދެމީހުންގެ ދެމެދުގައި ފޮޅެން ފަށައެވެ. ނަމަވެސް ފައިސަލާ (ޙުކުމް)، ސިއްރުތަކާއި އަދި ދިރިތިބުމަށް ކުރާ މަސައްކަތުގެ ނަތީޖާއިން އެ ލޯބި ކާމިޔާބުކުރެވިދާނެ ހެއްޔެވެ؟”
މިއ" ލޯބިން" ފިލްމުގެ މަންޒަރުތަކެއް ފަސްޓް ލުކް ދައްކާލަމުން އައިފިލްމްސް އިން މީޑިއާތަކާ ހިއްސާކުރި ފިލްމުގެ ކުރު ސިނޮޕްސިސްއެކެވެ.
ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އިއްލެ ލިޔެ، ޑައިރެކްޓްކޮށްފައިވާ “ލޯބިން” ގެ ލީޑް ކާސްޓްގައި ހިމެނެނީ އިފްނާޒް ފިރާޤް، ތާތި އާދަމް، އަހުމަދު ޝާރިފް އަދި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާ ހިމެނެ އެވެ.
އިލްޔާސް ވަޙީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށްފައިވާ ލޯބިން ޕްރޮޑިއުސް ކުރަމުން އަންނަނީ އައިފިލްމްސް، ލައިޓްސްއައުޓް ޕްރޮޑަކްޝަންސް، އަދި އިންޖިނިއަރސް ވިޝުއަލް ފެކްޓްރީގެ ކޯލަބްރޭޓިވް ބެނާތަކުގެ ދަށުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން